ސީރިއާގެ ވަގުތީ ރައީސް، އަހުމަދު އަލް ޝަރާ-- ފޮޓޯ: ރޮއިޓާސް
ސީރިއާގެ ވަގުތީ ރައީސް، އަހުމަދު އަލް ޝަރާ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ 30 Jan 2025 | 05:06

ސީރިއާގެ ވަގުތީ ރައީސްކަމަށް އަލްޝަރާ އައްޔަނުކޮށްފި

ސީރިއާގެ ވަގުތީ ރައީސްކަމަށް އެގައުމުގެ ޑެ ފެކްޓޮ ލީޑަރު، އަހުމަދު އަލް ޝަރާ އައްޔަނުކޮށްފިއެވެ.

އަލް ޝަރާ މިމަގާމަށް އައްޔަނުކޮށްފައިވަނީ އެގައުމުގައި އައު ސަރުކާރެއް އުފެދުމާއި ހަމައަށް އުފައްދާފައިވާ ކައުންސިލަކުންނެވެ.

މިކަން ހާމަކޮށް އެގައުމުގެ ޑެ ފެކްޓޮ ސަރުކާރުގެ އަސްކަރިއްޔާގެ ތަރުޖަމާނު ހަސަން އަބްދުލް ޣަނީ ވިދާޅުވީ، އެގައުމުގެ އަސްކަރިއްޔާގެ ބައިތައް އުވާލުމަށް ނިންމާފައިވާކަމަށާއި، މިއާއިއެކު ސީރިއާގައި އެތައް އަހަރެއް ވަންދެން ވެރިކަން ކުރި ބާތު ޕާޓީވެސް އުވާލަން ނިންމާފައިވާކަމަށެވެ.

ރައީސްކަމަށް އައްޔަނުކުރެވުމާއިއެކު އެގައުމުގައި ކުރިން އަމަލުކުރަމުން އައި ގާނޫނުތައް އުވާލައި، އައު ގާނޫނެއް ހެދުމަށްޓަކައި ކައުންސިލެއް އުފެއްދުމަށް އަލް ޝަރާ ވަނީ ނިންމާފައެވެ.

މިއާއިއެކު ސީރިއާގެ ކޮމާންޑަރުންނާއި މުޚާތަބުކޮށް ވާހަކަދައްކަމުން އަލް ޝަރާ ވިދާޅުވީ، ސީރިއާގެ އައު ސަރުކާރަސް ކުރިމަތިވެފައިވަނީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި، އަމާޒަކީ އެގައުމުގެ ބާރުތައް ގާނޫނީ ގޮތަކަށް އެކުލަވާލުން ކަމަށެވެ.

މީގެ ކުރިން އަލް ޝަރާ ވަނީ އެގައުމުގައި އިންތިހާބުތައް ބޭއްވުމަށް 4 އަހަރު ނަގާނެކަމަށް ލަފާކުރާކަމަށް ބުނެފައެވެ.

ސީރިއާގެ ވެރިކަމަށް ވަގުތީ ގޮތުން އަލް ޝަރާ އައްޔަނުކޮށްފައިމިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެގައުމުގެ ރައީސްކަމުގައި ހުންނެވި ބައްޝާރު އަލް އަސަދުގެ ވެރިކަން މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު ވެއްޓުމާއި ގުޅިގެންނެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް
02 Nov 2026 ދުނިޔެ

މުސާރަައިގެ މައްސަލަ ހޫނުވެ، ބަންގްލަދޭޝްގެ ފޭރާން ސިނާއަތް ހުއްޓުމަކަށް

މުސާރަ ކުޑަވުމާއި ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް އުފުލުމާ ގުޅިގެން، ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ކާރުޚާނާތަކުގެ އެތައް ހާސް މުވައްޒަފުންނެއް މަގުތަކަށް ނުކުމެ ކުރަމުންދާ ވަރުގަދަ މުޒާހަރާތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ އަންނައުނު އުފެއްދުމުގެ ސިނާއަތް މުޅިން ހުއްޓުމަކަށް އަތުވެއްޖެއެވެ.

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ
02 Nov 2026 ދުނިޔެ

ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ރަޔަންއެއާގެ ފައިދާ ދަށަށް ހިނގައްޖެ

ކުންފުނިން ބުނި ގޮތުގައި ފައިދާ ދަށަށް ދިޔަ މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ މާކެޓުގައި ތެލުގެ އަގު އުފުލުމާއި، އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ޓިކެޓުގެ އަގުތަކަށް އައި ބަދަލުތަކެވެ.

އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
18 Sep 2026 ރިޕޯޓް

އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް

މިއީ ޢިލްމަށް ލޯބިކުރުމުގެ މިސާލެއް ފަދަ ހައިރާންކުރުވަނިވި ވާހަކައެކެވެ. މި ޙާދިސާއަކީ، ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ބިރުވެރިކަމުގެ ތެރޭގައި، "އަބޫ ބިލާލް" ނަމަކަށް ކިޔާ އިސްރަށްވެއްސަކު އޭނާގެ ގޭގެ...

47 އަހަރަށް ފަހު ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
25 Aug 2026 ދުނިޔެ

47 އަހަރަށް ފަހު ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި

ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައި އޮތް ލިސްޓުގައި 1979 ވަނަ އަހަރުން ފެށިގެން ސީރިއާ ހިމެނިފައި އޮތުމަށް ފަހު އެ ޤައުމު އެ ލިސްޓުން އުނިކޮށް ޕްރައިވެޓް ސެކްޓާ އި...

ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި
11 Aug 2026 ދުނިޔެ

ސޫރިޔާގެ ކޯޓުން ބައްޝާރުލް އަސަދާއި އާއިލާގެ ދެ މެންބަރަކަށް މަރުގެ ޙުކުމް އިއްވައިފި

ސޫރިޔާގައި ގާތްގަނޑަކަށް 14 އަހަރު ދެމިގެންދިޔަ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހިންގި ބޮޑެތި ޖަރީމާތަކާ ގުޅިގެން ކުރީގެ ރައީސް ބައްޝާރުލް އަސަދާއި އޭނާގެ ކޮއްކޮ މާހިރުލް އަސަދާއި ދެބެންގެދެދަރި އާތިފް ...

ސޫރިޔާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ދާން ބޭނުންވާކަމަށް ރައީސް އަލްޝަރަޢު ވިދާޅުވެއްޖެ
27 Jul 2026 ދުނިޔެ

ސޫރިޔާއިން އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމަކަށް ދާން ބޭނުންވާކަމަށް ރައީސް އަލްޝަރަޢު ވިދާޅުވެއްޖެ

ފަލަސްތީނުގެ ބިންތައް ގަދަކަމުން ފޭރި، އެގައުމުގެ މުސްލިމުން ޝަހީދުކުރަމުންދާ ނިރުބަވެރި އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމެއް ގާއިމުކުރުމަށް ސޫރިޔާއިން މަސައްކަތް ކުރަމުންދާ ކަމަށް އެގައުމުގެ ރައީސް...

ޓެރަރިސްޓް ލިސްޓުން ސީރިއާގެ ވެރިކަންކުރާ ޖަމާއަތުގެ ނަން އުނިކޮށްފި
08 Feb 2026 ދުނިޔެ

ޓެރަރިސްޓް ލިސްޓުން ސީރިއާގެ ވެރިކަންކުރާ ޖަމާއަތުގެ ނަން އުނިކޮށްފި

ރާއްޖޭން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ސީރިއާގެ ވެރިކަންކުރާ ޖަމާއަތް ކަމަށްވާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތުގެ ނަން އުނިކޮށްފިއެވެ. މިއާއިއެކު، ރާއްޖެއިން ދަތުރުކުރުނ...

ސީރިޔާގެ އައިސިސްއަށް އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި
11 Jan 2026 ދުނިޔެ

ސީރިޔާގެ އައިސިސްއަށް އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

ސީރިޔާގެ އެކި ސަރަހައްދުތަކުގައިވާ އިސްލާމިކް ސްޓޭޓް (އައިސިސް) ގެ މަގާމުތަކަށް އަމާޒުކޮށް، އެމެރިކާއިން ވަރުގަދަ ވައިގެ ހަމަލާތަކެއް ދިފިއެވެ. އެމެރިކާގެ އޮފިޝަލުން ބުނީ، ރޭވުންތެރިކަމާއެކު ދޭން ފެށި...