އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) -- ފޮޓޯ: ޒުވާނުންނާ ބެހޭ ވުޒާރާ
އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) -- ފޮޓޯ: ޒުވާނުންނާ ބެހޭ ވުޒާރާ
ހަބަރު 17 Sep 2025 | 07:09

ކޮންޓްރޯލް ބިލު ބޭރުވެއްޖެ، ފާސްކުރީ ރެގިއުލޭޓަރީ ބިލެއް: ވަޒީރު އަސްވާޑު

ރައްޔިތުންގެ މަޖިލީހުން ރޭ އިރާކޮޅު ފާސްކުރީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބިލެއްގެ ސިފަތައް ކަނޑުވާލުމަށްފަހު، މީޑިއާ ރެގިއުލޭޓަރީ ބިލެއް ކަމަށް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އަސްވާޑް ވިދާޅުވީ، މިހާރު މަޖިލީހުން ފާސްކޮށްފައިވާ ބިލަކީ ނޫސްވެރިންގެ ކަންބޮޑުވުންތައް އައްސަވާ، ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާ ބިލެއްކަމަށާއި، އިއްޔެ އިސްލާހުވެގެން ފާސްކުރެވުނު ބިލުގައި ނޫސްވެރިންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް ޙައްލު ނުލިބު ނުވާނެ ކަމަށެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، އެ ބިލު އެންމެ ފުރަތަމަ މަޖިލީހަށް ހުށަހެޅުއްވި އިރު ހުރީ "ކޮންޓްރޯލް ކުރުމުގެ ސިފަތަކެއް" ކަމަށާއި، ނަމަވެސް މިހާރު "ކޮންޓްރޯލް ބިލު" ބޭރުކޮށްލައިފައިވާ ކަމަށެވެ. އެގޮތުން ކޮންޓްރޯލް ކުރުމުގެ ސިފަތައް މިހާރު އެ ބިލުން ކަނޑާލައިފައިވާ ކަމަށާއި، މިހާރު އެ ބިލަކީ މީޑިއާތައް ރެގިއުލޭޓްކުރާ ބިލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮންޓްރޯލް ބިލު ބޭރުވެއްޖެ. މި ހުށަހެޅިއިރު އެ ދަންނަވާހެން ކޮންޓްރޯލްކުރުމުގެ ސިފަތަކެއް ހުރީ. އެހެން ނަމަވެސް ކޮންޓްރޯލް ބިލުގެ ސިފަތައް އަޅުގަނޑުމެން ކަނޑުވައިލައިފިން. މިހާރު މިއީ ރެގިއުލޭޓަރީ ބިލެއް

އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)

ވަޒީރު ވިދާޅުވި ގޮތުގައި، އެ ބިލު ހުށަހެޅިއިރު ނޫސްވެރިންގެ ފަރާތުން ހުރި ކަންބޮޑުވުންތަކާއި އެކު، އެ ބިލަށް އެމަނިކުފާނު ހުށަހަޅުއްވާނެ ކަމަށް މަޝްވަރާކުރެއްވި އިސްލާހުތައް ހަމަ ޔަގީނުން ވެސް އެ ބިލުގައި ހުންނާނެ ކަމަށެވެ. އަދި އެ މަޝްވަރާތަކާ ޚިލާފު އެއްވެސް މާއްދާއެއް އެ ބިލުގައި ނޯންނާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

މީގެ އިތުރުން، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނަށް އިޝާރަތްކުރައްވަމުން ވަޒީރު ވިދާޅުވީ،  މިހާރު ހިންގާ ދެ އިދާރާއަކީ ނޫސްވެރިންގެ އިތުބާރު ގެއްލިފައިވާ ދެ ތަންކަމަށާއި، މީޑިއާތަކަށް ދިމާވާ ކަންކަމުގެ ހައްލެއް މި ދެފަރާތައް ހޯދައި ނުދެވޭކަން ރާއްޖޭގެ ނޫސްވެރިން ފާހަގަކުރާ ކަމަށެވެ. އެހެންކަމުން  މިހާރު ފާސްކޮށްފައިވާ މީޑިއާ ރެގިއުލޭޝަން ބިލުން މި ދެތަން އެއްކޮއްލާ އުފައްދާ ކޮމިޝަންގެ މަސައްކަތް ވަޒަން ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވައިފައެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ބްރޯޑްކާސްޓަރުން އިތުބާރެއް ނުކުރޭ. އޮންލައިން މީޑިއާކުރެން އައްސަވާ މީޑިއާ ކައުންސިލަށް އިތުބާރު ކުރަންހޭ. އެތަނުގައި ރަނގަޅު ސިސްޓަމެއް ނެތޭ މައްސަލައެއް ނުބެލެޔޭ ބުނާނެ. އަބަދުވެސް ކުރާ ޝަކުވާއެއް. އެހެންވީމާ މިދެތަން ފެއިލްވެއްޖެ ކަމަށް މީޑިއާތަކުން އެއްބަސްވޭ.

އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު)

ވަޒީރު އެފަދައިން ވިދާޅުވިއިރު، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ޙަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މޯލްޑިވްސް މީޑިޔާ އެންޑް ރެގިއުލޭޝަން ބިލު އިއްޔެ މަޖިލީހުން ފާސްކުރިއިރު ވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި ޢާންމުން ގެންދިޔައީ އެ ބިލު ފާސްކުރުމާ ދެކޮޅަށް ގޮވާލަމުންނެވެ.

އެގޮތުން މަޖިލިސް ދޮށަށް ވެސް އެއްވެ ވަރަށް ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ހަމަ އެވަގުތު އެ ބިލު ފާސްކުރުމަށް ގޮވާލައި ވެސް ބައެއް ފަރާތްތަކުން ވަނީ ޚިޔާލުފާޅުކޮށްފައެވެ.

އެ ބިލު މަޖިލީހުން ފާސްކުރިއިރު، އެ ބިލު ފާސްވެފައިވަނީ އިއްޔެގެ މަޖިލީހުގެ ޖަލްސާއަށް ހާޟިރުވި 63 މެންބަރުންގެ ތެރެއިން 60 މެންބަރުންގެ ޣައުލަބިއްޔަތުންނެވެ. އެގޮތުން އެ ބިލާ އެއްކޮޅަށް 60 މެންބަރުން ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވާފައިވަނީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް އެކަންޏެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި
02 Nov 2026 ހަބަރު

111 ގްރާމްގެ ޑްރަގާއެކު ބަޔަކު ހައްޔަރު ކޮށްފި

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުން ހަތަރު މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ
02 Nov 2026 ހަބަރު

"ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފި؛ 150،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެ

ދިވެހި ޒުވާނުން ބާރުވެރިކުރުވައި، ޤައުމުގައި ޒުވާން ވިޔަފާރިވެރިން އުފެއްދެލުމަށް ކުރިއަށް ގެންދާ "ޔޫތު އެންޓަރޕްރިނަރޝިޕް ފައިނޭންސް ޕްރޮގްރާމް" ގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިއެވެ.

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި
02 Nov 2026 ހަބަރު

ސިވިލް ކޯޓުގެ އަމުރު؛ ރީކޯ މޫސާގެ ތިން ރަށެއް ވިއްކާލަން ބީއެމްއެލްއަށް ހުއްދަދީފި

މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރުގައި ވާގޮތުން، މި ރަށްތައް ވިއްކާލުމުގެ ހުއްދަ ބޭންކަށް ލިބިގެންދަނީ ކުރިން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީއެވެ.

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި
02 Nov 2026 ހަބަރު

އާރަށް މައްސަލަ: ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފް ކުރެއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ފޯން ކޯލް ރެކޯޑިންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ
02 Nov 2026 ހަބަރު

ދިރާގުގެ ކުރީގެ ޗެއާމަން ރިލްވާން ޝަރީފް އަވަހާރަވެއްޖެ

ދިރާގުގެ ކުރީގެ ޗެއާމަން އަދި ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު ރިލްވާން ޝަރީފް މިއަދު އަވަހާރަވެއްޖެއެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 72 އަހަރެވެ. ރިލްވާން އަވަހާރަވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި
02 Nov 2026 ހަބަރު

ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާއެކު ހޯމް ސްކޫލިންއާ ގުޅޭ ބިލް ބަލައިގަންނަން ފާސްކޮށްފި

ނުކުޅެދުންތެރިކަމެއް ނުވަތަ ނަފުސާނީ މައްސަލައެއްގެ ސަބަބުން ސްކޫލަކަށް ގޮސް ކިޔަވަން އުޒުރުވެރިވާ ދަރިވަރުން ގޭގައި ތިބެގެން ތަޢުލީމް ހާސިލް ކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް އެވެ.

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ
02 Nov 2026 ހަބަރު

ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކާ ގުޅިގެން މާލޭގެ ބައެއް މަގުތަކާއި ފަޅު ބަންދުކުރަނީ

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޙަރަކާތްތަކާ ގުޅިގެން، މާލޭގެ ބައެއް މަގުތަކާއި ކަނޑުގެ ސަރަޙައްދު ވަގުތީގޮތުން ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން
02 Nov 2026 ހަބަރު

ޑްރަގް ޓްރެފިކިންގގެ މައްސަލައެއްގައި ދެ ލޯބިވެރިން ބަންދުކޮށްފި؛ ތަކެތި ފެނުނީ އެމީހުން ދިރިއުޅޭ ގޭގެ ސިޑި ކައިރިން

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ޓްރެފިކް ކުރިކަމުގެ ތުހުމަތުގައި ފިރިހެނަކާއި އަންހެނަކު ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.