ޓީއެފްޓީ ފުޓްސަލް ޗެލެންޖު 2024
29 Mar 2024
ވިއްސާރަ ވުމުގެ ސަބަބުން ރޭ ކުޅެން އޮތް ތިން މެޗު ހުކުރު ދުވަހުގެ ރެއަށް ރީޝެޑިއުލް ކޮއްފި
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅެން ތާވަލުކޮށްފައި އޮތް ތިން މެޗު ވިއްސާރަ ވުމުގެ ސަބަބުން ކުރިއަށް ނުގެންދެވި، ހުކުރުދުވަހުގެ ރެއަށް ރީޝެޑިއުލް ކޮއްފިއެވެ.
28 Mar 2024
ގެމަލޭންޑާއި އެއްވަރު، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެލްކިއު އެސްސީ ދެވަނަ ބުރަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ބުދަދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް އެފްގެ އެލްކިއު ސްޕޯޓްސް ކުލަބާއި އެފްސީ ގެމަލޭންޑް ވާދަކުރި މެޗު 3-3 ގެ ނަތީޖާއަކުން އެއްވަރުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އެލްކިއު އިން މުބާރާތްގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
28 Mar 2024
ފަސޭހަކަމާއި ބީކޭ ބަލިކޮށް ވެސްޓުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ބުދަދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި ގުރޫޕް އެފްގެ ބީކޭ ސްޕޯޓްސް ކުލަބާއި ވެސްޓް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއި އެކު 6-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވެސްޓުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
27 Mar 2024
މުރައިދޫ ބަލިކޮށް ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ވަލްހަލާ ދެވަނަ ބުރުން ޖާގަ ހޯދައިފި
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި އަންގާރަދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް އީގެ މުރައިދޫ އެފްސީ އާއި އެފްސީ ވަލްހަލާ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 9-6 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވަލްހަލާ އިން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
27 Mar 2024
ޕާކިއަންސް އަތުން މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑެމޯނިއީސް ދެވަނަ ބުރަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި އަންގާރަދުވަހުގެ ރޭ ކުޅެވުނު ތިންވަނަ މެޗުގައި ގުރޫޕް އީގެ ޑެމޯނިއީސް އާއި ދަ ޕާކިއަންސް ވާދަކުރި މެޗު 5-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑެމޯނިއީސް މުބާރާތްގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ.
27 Mar 2024
ސްޓާލިއަންސް އަތުން މޮޅުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބަދަވީސް ދެވަނަ ބުރަށް
26 Mar 2024
އެލްކިއު އެސްސީ އާއި އެއްވަރުވެ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ގޯޓު އެސްސީ ދެވަނަ ބުރަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ހޯމަ ދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް ސީގެ ގޯޓު އެސްސީ އާއި އެލްކިއު ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ގުރޫޕްގެ އެއްވަނަ ގޯޓު އެސްސީ އިން ހޯދައިފި އެވެ.
26 Mar 2024
ބޫޗީސް ބަލިކޮށް އެނާރްކީ އެފްޓީން މުބާރާތް ނިންމާލީ މޮޅަކާއެކު
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ހޯމަ ދުވަހުގެ ރޭ ކުޅެވުނު ފުރަތަަމަ މެޗުގައި ގުރޫޕް ސީގެ ބޫޗީސް އާއި އެނާރްކީ އެފްޓީ ވާދަކުރި މެޗު 8-4 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެނާރްކީ އެފްޓީން މުބާރާތް ނިންމާލީ މޮޅަކާއެކު އެވެ.