ޓީއެފްޓީ ފުޓްސަލް ޗެލެންޖު 2024
21 Mar 2024
ޝަނާންގެ ހެޓްރިކާއެކު ލެޖެންޑްސް ބަލިކޮށް ބަދަވީސް އިން ދެވަނަ ބުރުގެ އުންމީދު ދަމަހައްޓައިފި
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ބުދަދުވަހުގެ ރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް ޑީގެ ލެޖެންޑްސް އާއި ބަދަވީސް ވާދަކުރި މެޗު ފަސޭހަކަމާއި އެކު 11-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ބަދަވީސް އިން މުބާރާތްގެ ދެވަނަ ބުރުގެ އުންމީދު ދަމަހައްޓައިފި އެވެ.
21 Mar 2024
ތަފާތުބޮޑު ނަތީޖާއަކުން ބޫޗީސް އަތުން މޮޅުވެ ގޯޓު އެސްސީ ދެވަނަ ބުރަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ބުދަދުވަހުގެ ރޭ ކުޅެވުނު ފުރަތަަމަ މެޗުގައި ގުރޫޕް ސީގެ ގޯޓު އެސްސީ އާއި ބޫޗީސް ވާދަކުރި މެޗު ފަސޭހަކަމާއި އެކު 10-1 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ، ބާކީ އެއް މެޗު އޮއްވައި ގޯޓުން މުބާރާތްގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
20 Mar 2024
ފަސޭހަކަމާއި އެކު ވެސްޓެންޑް އެސްސީ ބަލިކޮށް ބިރާގަން އެސްސީ ދެވަނަ ބުރަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި އަންގާރަދުވަހުގެރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް ބީގެ ވެސްޓެންޑް އެސްސީ އާއި ބިރާގަން އެސްސީ ވާދަކުރި މެޗު ފަސޭހަކަމާއި އެކު 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ބިރާގަން އިން މުބާރާތްގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
20 Mar 2024
ކުލަބު ޕީކޭ ބަލިކޮށް އޮޑި ބަދަވީސް މުބާރާތުގެ ދެވަނަ ބުރަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި އަންގާރަދުވަހުގެރޭ ކުޅެވުނު ފުރަތަަމަ މެޗުގައި ގުރޫޕް ބީގެ އޮޑި ބަދަވީސް އާއި ކުލަބު ޕީކޭ ވާދަކުރި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ބާކީ އެއް މެޗު އޮއްވައި އޮޑި ބަދަވީސް އިން މުބާރާތްގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
19 Mar 2024
ވާދަވެރި ކުޅުމަކަށްފަހު ކުރެންދޫ ބަލިކޮށް ޓީއެންޓީ އިން މުބާރާތްގެ ދެވަނަ ބުރަށް
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ހޯމަ ދުވަހުގެރޭ ކުޅެވުނު ތިންވަނަ މެޗުގައި ގުރޫޕް އޭގެ ކުލަބު ޓީއެންޓީ އާއި ކުރެންދޫ ވާދަކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބާކީ އެއް މެޗު އޮއްވައި ޓީއެންޓީ މުބާރާތްގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
19 Mar 2024
ސްކޮޑްރާ ބަލިކޮށް، ބާކީ އެއް މެޗު އޮއްވައި އާރުޑީއެލް އެސްސީ އިން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފި
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި ހޯމަ ދުވަހުގެރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް އޭގެ އާރުޑީއެލް އެސްސީ އާއި ސްކޮޑްރާ ވާދަކުރި މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ބާކީ އެއް މެޗު އޮއްވައި އާރުޑީއެލް އިން މުބާރާތްގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
19 Mar 2024
ވިލުފުށި އަތުން އެލްކިއު ލުއްޗާޒްއަށް ފަސޭހަ މޮޅެއް
18 Mar 2024
ވާދަވެރި ކުޅުމަކަށްފަހު ފައިގެތަޅާ ބަލިކޮށް ވައިޑީ ސްޕޯޓްސް ކުލަބުން މުބާރާތް ފެށީ މޮޅަކާއެކު
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި އާދީއްތަ ދުވަހުގެރޭ ކުޅެވުނު ތިންވަނަ މެޗުގައި ގުރޫޕް އެޗްގެ އެފްސީ ފައިގެތަޅާއި ވައިޑީ ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވައިޑީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
18 Mar 2024
ބީޖީ ސްޕޯޓްސް ކުލަބުން ކުޑަ ވެސްޓް ކޮޅަށް 14 ލަނޑު ޖަހައިފި
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި އާދީއްތަ ދުވަހުގެރޭ ކުޅެވުނު ދެވަނަ މެޗުގައި ގުރޫޕް ޖީގެ ބީޖީ ސްޕޯޓްސް ކުލަބާއި ކުޑަ ވެސްޓް ވާދަކުރި މެޗު ފަސޭހަކަމާއި އެކު 14-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބީޖީ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފި އެވެ.
18 Mar 2024
ތަފާތުބޮޑު ނަތީޖާއަކުން ވެލިއަންޓް ބަލިކޮށް ލިއޮންސް އިން މުބާރާތް ފެށީ އިތުބާރާއެކު
ވިލިމާލޭގައި މިހާރު ކުރިއަށްދާ "އޮބިއަން ޓީއެފްޓީ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024" ގައި އާދީއްތަ ދުވަހުގެރޭ ކުޅެވުނު ފުރަތަަމަ މެޗުގައި ގުރޫޕް ޖީގެ ވެލިއަންޓާއި ކްލަބް ލިއޮންސް ވަދަކުރި މެޗު ފަސޭހަކަމާއި އެކު 12-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ކްލަބް ލިއޮންސް އިން މުބާރާތްގެ ފެށުން ރަނގަޅުކޮށްފި އެވެ.