19 Oct 2022
"ޒަޔާން މަރާލާފައިވަނީ ބަދަލުހިފުމުގެ ރޫހެއްގައި"
މިދިޔަ ޖޫންމަހު ހިންގި މާރާމާރީއެއްގައި މަރާލި އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާ މަރާލާފައިވަނީ ބަދަލުހިފުމުގެ ރޫހެއްގައިކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިފަދައިން ހާމަކުރައްވާފައިވަނީ ޒަޔާން މަރާއި ގުޅޭގޮތް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައެވެ.
އެ ޕްރެސްގައި ވާހަކަދައްކަވަމުން ފުލުހުންގެ ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ސާމިހް ވިދާޅުވީ ޒަޔާނަށް ހަމަލާދިންވަގުތު އޭނާ ހުރީ، އޭނާގެ ގޭގައިކަމަށާ، އެގެއަށް ފުލުހުން ދިޔައިރު ޒަހަމްތަކާއެކު ޒަޔާން އޮތް ކަމަށެވެ.