ދިރާގުން ސްޕާކްހަބްއާއި ގުޅިގެން ސްޓާޓްއަޕް ގްރައިންޑް ސީރީޒް ފައްޓައިފި

17 Nov 2018 | 11:25

ދިރާގުން ސްޕާކްހަބްއާއި ގުޅިގެން ޒުވާން ވިޔާފާރިވެރިންނަށް އަމާޒުކޮށްގެން ސްޓާޓްއަޕް ގްރައިންޑްގެ ނަމުގައި އިވެންޓެއް ބާއްވައިފިއެވެ. ސްޓާޓްއަޕް ގްރައިންޑަކީ ކާމިޔާބު ވިޔަފާރިވެރިން، އުނގަންނައިދޭ މީހުން، އަދި އިންވެސްޓްކުރާ ފަރާތްތަކުން ވިޔަފާރިއެއް ލޯންޗު ކުރުމުގައި ދިމާވާ ހުރަސްތަކައި ދަތިތަކައިމެދު ވާހަކަދައްކާ އެކަންކަމުން ހާސިލްކުރެވޭ ފިލާވަޅުތައް ހިއްސާކުރާ ޕްލެޓްފޯމެއްކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ސްޓާޓްއަޕް ގްރައިންޑްގެ ފުރަތަމަ ސީރީޒް ކުރިއަށް ގެންގޮސްފައިވަނީ ދިރާގު ހެޑްއޮފީހުގައެވެ. މި އިވެންޓުގައި ވާހަކަދައްކާފައިވަނީ ހޮލޯގޯ ވޯލްޑްގެ ފައުންޑާ އަދި ސީއީއޯ އީދްހަމް ރަޝީދެވެ. އަދި މި ސެޝަން މޮޑަރޭޓްކޮށްދެއްވީ ސްޕާކްހަބްގެ ޑިރެކްޓަރ އަލީ ހާރިސްއެވެ.

މި ސެޝާންގައި އީދްހަމް ރަޝީދްވަނީ އެނާއަށް ހޮލޯގޯ ވޯލްޑް ފަށައިގަތުމުގައި ކުރިމަތިވި އުނދަގޫތައް ހިއްސާކޮށްފައެވެ. ހޮލޯގޯ ވޯލްޑްއަކީ އޯގްމެންޓެޑް ރިއަލިޓީ (އޭއާރް) ބޭނުންކޮށްގެން ދަރިވަރުންނާއި ޓީޗަރުން އަދި ސްކޫލްތަކަށް ހާއްސަކޮށްގެން ތައްޔާރުކޯށްފައިވާ އެޕްލިކޭޝަނެކެވެ. ހުސް ދިވެހިންގެ ޓީމަކުން ތައްޔާރުކުރި މި މިއެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ބީއީޓީޓީ މީޑަލް އީސްޓް އަދި އެފްރިކާ ކޮންފަރެންސްގައެވެ.

މި ސެޝަންގެ ވީޑިއޯތައް ދިރާގުގެ ޝޯޝަލް މީޑިއާ ޗެނަލްތަކުން ލިބެން ހުންނާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ސްޕާކްހަބްއަކީ ރާއްޖޭގައި ސްޓާޓްއަޕް ވެއްޓެއް އަށަގަތުމަށް މަސައްކަތްކުރާ ދިވެހި ޒުވާނުންގެ ޓީމެކެވެ. ދިރާގުން ދަނީ އޭންޖެލްހެކް އަދި ސްޓާޓްއަޕް ވީކެންޑް ފަދަ ޒުވާނުން ބާރުވެރިކުރުވާ ހަރަކާތްތަކަށް މެދުކެނޑުމެއް ނެތި އެކުންފުނީގެ ސީއެސްއާރުގެ ދަށުން ބޮޑު ތަރުހީބެއް ދެމުންނެވެ.  

Advertisement

ކޮމެންޓް