އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް އަޝްފާގު ކާމިޔާބުކޮށްފި!

29 Nov 2020 | 13:20

އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަނުން ކްލަބްތަކަށް އިންތިޒާމްކޮށްގެން ބާއްވާ އެންމެ ބޮޑު މުބާރާތްކަމަށްވާ އޭއެފްސީ ކަޕްގައި ޖަހާފައިވާ އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ "އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް" ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ކާމިޔާބުކޮށްފިއެވެ.

މި މުބާރާތް ދަގަނޑޭ ކާމިޔާބުކޮށްފައިވަނީ ހޮންގކޮންގގެ ސައުތު ޗައިނާ އޭއޭގެ ޗަން ސިއު ކީއާއި ވާދަކޮށް، ވޯޓްގެ 89.14 އިންސައްތަ ހޯދައިގެންނެވެ.

މި ޗެލެންޖްގައި ދަގަނޑޭ ވާދަކުރީ 2013ވަނަ އަހަރު އޭނާ ނިއުރޭޑިއަންޓަށް ކުޅުނު އިރު، އިންޑޮނީޝިޔާގެ ޕާސިބޯއާ ދެކޮޅަށް ޖެހި ގޯލަކުންނެވެ. އެގޮތުން ގޯލް ކީޕަރާއި ޑިފެންސްގެ ކުޅުންތެެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ޖެހި މި ގޯލަށް އޭރުވެސް ގިނަބަޔަކު ވަނީ ތައުރީފްކޮށްފައެވެ.

މި މެޗްގައި ނިއުރޭޑިއަންޓުން ހަތްގޯލު ޖެހިއިރު، އޭގެ ތެރެއިން ފަސް ގޯލު ޖަހާފައިވަނީ ދަގަނޑޭއެވެ. 

ކޮމެންޓް