އަތޮޅުތެރޭ ވެކްސިން ރައްކާކުރެވޭނެ ނިޒާމް ޤާއިމްކުރާނެ: ޑރ.ނަޒްލާ

21 Dec 2020 | 12:29

މާލެ އާއި އެއްގޮތަސް އަތޮޅުތެރޭގައިވެސް ކޮވިޑް-19 ގެ ވެކްސިން ރައްކާކުރެވޭނެ ނިޒާމު ޤާއިމްކުރާނެ ކަމަށް ހެލްތު އިމްޖެންސީ އޮޕްރޭޝަން (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީ އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނި ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މާލެ އާއި އެއްގޮތަށް އަތޮޅުތެރޭގައިވެސް ކޮވިޑް ވެކްސިން ރައްކާކުރެވޭނެ ނިޒާމް ޤާއިމްކުރެވިގެން ދާނެ ކަމަށެވެ. އަދި މިހާރުވެސް އާންމުކޮށް ބޭނުންކުރާ ރޫޓިން ވެކްސިނޭޝަން ޕްރޮގްރާމް ބޭނުންކުރާ ވެކްސިންތައް އަތޮޅުތެރޭގައިވެސް ރައްކާކުރާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މަސައްކަތރްކުރަނީ ޑަބް.ލިއު.އެޗް.އޯ އަދި ޔުނިސެފް މެދުވެރިކޮށް އިތުރު ކެޕޭސިޓީ ބޭނުންވާނެ.އާ ވެކްސިން ގެންނައިރު އެކަމަށް ބޭނުންވާނެ ޚާއްސަ ރެފްރިޖަރޭޓަރ އެއްޗެހި ގަނެގެން ގެނެސް ބެހެއްޓުމުގެ އިންތިޒާމް ހަމަޖައްސާނެ." ޑރ.ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ އަތޮޅުތެރެއާއި މާލޭގައިވެސް ޚިދުމަތްދޭ ފަރާތްތަކުން އަދި ވެކްސިންޖަހާ ފަރާތްތަކުންވެސް ވެކްސިންގެ ސައިޑް އިފެކްޓް ދެނެގަނެ ވެކްސިން ޖަހާނެގޮތުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

އެގޮތުން ކޮންމެ ރަށެއްގައިވެސް ވެކްސިން ޖެހުމަށްފަހު އޭގެ ހުރި ސައިޑް އިފެކްޓް ފެނިއްޖެ ޙާލަތެއްގައި އެކަންކަން ރިކޯޑްކުރެވި އިންވެސްޓިގޭޓް ކުރާނެ ކަމަށްވެސް ނަޒްލާ ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް