ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 26 މީހުން!

27 Dec 2020 | 23:21

ދިވެހިރާއްޖެއިން އިތުރު 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 26 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 22 މީހުންނާއި މީހުން އުޅޭ ރަށްރަށުން ޕޮޒިޓިވްވި 01 މީހެއްގެ އިތުރުން ހިންގަމުންދާ ރިސޯޓްތަކުން 3 މީހެކެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،644 އަށް އަރާފައެވެ. މީގެ ތެރެއިން 33 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،072 އަށް އަރާފައެވެ.

Advertisement

ކޮމެންޓް