ކައިވެނި ހަފްލާގެ ކްލަސްޓަރ ބޮޑުވެ، މިހާތަނަށް ޖުމްލަ 62 މީހުން ޕޮޒިޓިވް!

30 Dec 2020 | 09:42

މިމަހުގެ 20 ވަނަ ދުވަހު މާލޭގެ ޝީ ބިލްޑިންގގައި އޮތް ކައިވެނީގެ ހަފްލާއާ ގުޅޭ ކޮވިޑް ކްލަސްޓަރގައި މިހާތަނަށް ޕޮޒިޓިވްވެފައިވާ ޖުމްލަ މީހުންގެ އަދަދު 62 އަށް އަރައިފިއެވެ.

އެ ކައިވެނި ހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ޕޮޒިޓިވް ކޭހެއް ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެއަށްފަހު ޖެހިގެން އައި ދުވަހު 12 މީހުން ޕޮޒިޓިވްވެ، އޭގެ އަނެއް ދުވަހު 21 މީހުން ޕޮޒިޓިވްވިކަމަށް ޑރ.ނަޒްލާ  ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މިމަހުގެ 27 ވަނަ ދުވަހު އިތުރު 8 މީހުން ޕޮޒިޓިވްވެފައިވާއިރު އިއްޔެ ވަނީ އިތުރު 13 މީހަކު ޕޮޒިޓިވްވެފައެވެ.

ޝީ ބިލްޑިންގްގައި ބޭއްވުނު މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވިކަމަށް މިހާތަނަށް އެނގިފައިވާކަމަށް އެޗްއީއޯސީން ބުނެއެވެ.

އެޗްޕީއޭއިން ދަނީ މިހަފްލާގައި ބައިވެރިވި އެންމެން އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުންނެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗް.ޕީ.އޭ އިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި ވިހާވެސް ގިނަ މަޢުލޫމާތު ހިއްސާ ކުރުމަށް ވަނީ އެދިފައެވެ. އަދި އެޗް.ޕީ.އޭ އިން އަދި ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

Advertisement

ކޮމެންޓް