ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 26 މީހުން!

04 Jan 2021 | 22:14

ދިވެހިރާއްޖެއިން އިތުރު 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 26 މީހަކު ވަނީ އަލަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 11 މީހުން، މީހުން އުޅޭ ރަށްރަށުން ޕޮޒިޓިވްވި 3 މީހުން ހިންގަމުންދާ ރިސޯޓްތަކުން 11 މީހުން އަދި ލިވްއަބޯޑްތަކުން ޕޮޒިޓިވްވި އެކަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،893 އަށް އަރާފައެވެ. މީގެ ތެރެއިން 32 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،204 އަށް އަރާފައެވެ.

Advertisement

ކޮމެންޓް