އެޕްރީލްމަހުގެ 3ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތާވަލްކުރަނީ

06 Jan 2021 | 14:58

ކޮވިޑް-19ގެ ސަބަބުން ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީ ކޮމެޓީތަކުގެ އިންތިޚާބު މިއަހަރުގެ  އެޕްރީލްމަހުގެ 3ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ތާވަލްކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން މަސައްކަތް ކުރީ އަންނަ މާޗު މަހުގެ ހަވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ދިގުދަންމާލުމާއި ގުޅިގެން އިންތިޚާބް ވަނީ އަނެއްކާވެސް ފަސްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބް ބޭއްވޭނެ ގޮތެއް ހޯދަން ދައުރުން ބޭރުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ދަނީ ކުރަމުންނެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ކައުންސިލް އިންތިހާބާއި ބެހޭ ޚާއްސަ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ ޑްރާފްޓު އެކުލަވާލައި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން ގާނޫނަށް އިސްލާހު ގެނެސްދީފި ނަމަ މިއަހަރުގެ ރޯދަ މަހުގެ ކުރިން ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމަށެވެ.

Advertisement

ކޮމެންޓް