ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 52 މީހުން!

09 Jan 2021 | 05:51

ދިވެހިރާއްޖެއިން އިތުރު 52 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 52 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވްވި 11 މީހެއްގެ އިތުރުން ހިންގަމުންދާ ރިސޯޓްތަކުން ޕޮޒިޓިވްވި 34 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 06 މީހެއްގެ އިތުރުން ލިވްއަބޯޑްތަކުން ޕޮޒިޓިވްވި 01 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 14،040 އަށް އަރާފައެވެ. މީގެ ތެރެއިން 41 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13،279 އަށް އަރާފައެވެ.

Advertisement

ކޮމެންޓް