Advertisement

ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 145 މީހުން!

20 Feb 2021 | 23:06

ދިވެހިރާއްޖެއިން އިތުރު 145 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 145 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 89 މީހަކާއި، މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 22މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 32 މީހަކު އަދި ލިވްއަބޯޑްތަކުން ޕޮޒިޓިވްވި 2 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 18،612 އަށް އަރާފައެވެ. މީގެ ތެރެއިން 162 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 16،061 އަށް އަރާފައެވެ.

Advertisement

ކޮމެންޓް