ހުކިޓަޕް އެޑް ޕޯސްޓަރު
ހަބަރު
19 Mar 2026 | 21:25
އިންތިޒާރަށް ނިމުމެއް: ފައިސާގެ އިނާމުތައް ހިމެނޭހެން އެތައް ބައިވަރު އިނާމާއެކު "ހުކިޓް ހަންޓް" ޢީދު ނަމާދަށްފަހު

މާދަމާ ޢީދު ނަމާދަށް ފަހު، 100 ރުފިޔާއާއި 1،000 ރުފިޔާއާ ދެމެދުގެ ފައިސާގެ އިނާމުތަކާއި ހިލޭ ޚިދުމަތްތައް ލިބޭ ކޫޕަންތައް މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ހޯދުމުގެ ފުރުޞަތު މާދަމާ ހުޅުވާލެވިގެން އެބަ ދެއެވެ. އެއީ ސާވިސް ޕްރޮވައިޑާ އެޕެއް ކަމަށްވާ ހުކިޓް އެޕުން ކުރިއަށް ގެންދާ "ހުކިޓް ހަންޓް" ޓްރެޒަރ ހަންޓް މެދުވެރިކޮށެވެ.

ޢީދު ނަމާދު ނިމޭ ވަގުތުން ފެށިގެން ހަތަރު ގަޑިއިރަށް ކުރިއަށްދާ މި ޓްރެޒަރ ހަންޓްގައި ޖުމުލަ 71 ކޫޕަނެއް މާލެ އަދި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ރައްކާކޮށްފައި ހުންނާނެ ކަމަށް ހުކިޓް އެޕުން ބުނެއެވެ. އެ ކޫޕަންތަކުގައި ފައިސާގެ އިނާމުތަކުގެ އިތުރުން، ހުކިޓް އެޕް ސާވިސް ޕްރޮވައިޑާސްގެ ފަރާތުން ހަދިޔާކޮށްފައިވާ ބައެއް ޚިދުމަތްތައް ހިލޭ ލިބުމުގެ ފުރުޞަތު ވެސް ހިމެނެއެވެ. ހުކިޓް އެޕްގެ އިންސްޓަގްރާމް އެކައުންޓާއި ޓިކްޓޮކް އެކައުންޓް މެދުވެރިކޮށް ކޫޕަންތައް ފޮރުވާފައިވާ ތަންތަނުގެ ލޮކޭޝަން ހިންޓްސް ލަމުންދާނެ ކަމަށް ވެސް އެ ޓީމުން ބުނެއެވެ.

މިއީ ހުކިޓް އެޕުން ބާއްވާ މިފަދަ ދެވަނަ ޓްރެޒަރ ހަންޓެވެ. މިދިޔަ އަހަރު ކުރިއަށް ގެންދިޔަ ފުރަތަމަ ޓްރެޒަރ ހަންޓަށް ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔަ ކަމަށް އެ ޓީމުން ބުނެއެވެ. މި ޢީދުގައި ކުރިއަށް ގެންދާ ޓްރެޒަރ ހަންޓަކީ ހުކިޓް އެޕްގެ ބީޓާ ވާޝަން ލޯންޗުކުރުމާ ގުޅުވައިގެން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވެސް ހުކިޓް އެޕުން ބުނެއެވެ.

ހުކިޓް އެޕަކީ ސާފުކުރުމާއި މަރާމާތާއި ޑެލިވަރީ ފަދަ ތަފާތު ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި ކަސްޓަމަރުން ގުޅުވައިދޭ ސާވިސް މާކެޓްޕްލޭސް އެޕެކެވެ. އެޕް ސްޓޯރާއި ގޫގުލް ޕްލޭ އިން ޑައުންލޯޑް ކުރެވޭ މި އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ޖޮބެއް ޕޯސްޓުކުރެވޭއިރު، ސާވިސް ޕްރޮވައިޑަރުންނަށް އެ މީހެއްގެ ޚިދުމަތްތައް ލިސްޓުކޮށް، އަމިއްލައަށް އަގު ކަނޑައެޅުމުގެ ފުރުޞަތު ލިބެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.