ފައިސަލް
25 Dec 2025 | 15:49
މާފަންނު އުތުރު ދާއިރާއަށް ފައިސަލް މުހިންމުވަނީ ކީއްވެ؟

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިވަގުތު ވެރިކަމުގައި އޮތް ޕީއެންސީއަކީ ސިޔާސީގޮތުން ރައްޔިތުންގެ އެންމެބޮޑު މަޤްބޫލުކަމެއް ލިބިގެންދިޔަ ޕާޓީއެވެ. ޕާޓީގެ މެމްބަރުންގެ އަދަދު 70،000 ފަހަނައަޅައިގެން ދިއުމަކީ މިކަމުގެ އަލިގަދަ ހެތްކެކެވެ. ޕީއެންސީން މިއަދު އެ މަޤާމަށް އައުމުގައި ހަމަގައިމުވެސް ސަރުކާރު ކޯލިޝަނަށް އެންމެބޮޑަށް ހިދުމަތްކޮށްދިން އެއް މެމްބަރަކީ، އެ ދާއިރާއަށް ނިސްބަތްވާ މ.އައިރިސް/ކ.މާލެ، އަޙްމަދު ފައިސަލް އެވެ. ފައިސަލްގެ ހިދުމަތް ޕާޓީއަށް ލިބެން ފަށާފައިވަނީ މިއަދަކު ނޫނެވެ.

ސިޔާސީ ބައެއް އުސްއަލިތައް

ފައިސަލްގެ ޚިދުމަތްތަކުގެ ތެރޭގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މާފަންނު އުތުރު ދާއިރާއަށް ކާމިޔާބު ހޯދައިދިނުމަށްޓަކައި ޓީމްތައް އެކުލަވާލައި، ޖަގަހަ ތައްޔާރުކޮށް، ދޮރުން ދޮރަށް ހިނގުމުގެ ޙަރަކާތްތައް ރާވައި، ހިންގައި، ޢަމަލީގޮތުން ބައިވެރިވެ، އޭނާ ވަނީ މުޅި ކެމްޕެއިނުގައިވެސް އަމަލީގޮތުން ވަރަށް މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

އެގޮތުން ފައިސަލް ވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަން ކެންޑިޑޭޓަށް، މާފަންނު އުތުރުގެ ގޮނޑި ކާމިޔާބުކޮށްދިނުމަށްޓަކައި، ކެމްޕެއިން މެނޭޖަރގެ ހައިސިއްޔަތުން މަސައްކަތްކޮށް، ވަރަށް ކާމިޔާބު ކެމްޕެއިނެއް ހިންގައިދީފައެވެ.

ފައިސަލް ވަނީ އަދުގެ ސަރުކާރުގެނައުމަށް އެކުލަވާލެވުނު ޓްރާންސީޝަން ކޮމިޓީގައިވެސް އިސް ދައުރެއް އަދާކޮށް މުހިންމު ކުންފުނިތަކެއްގެ އޯޑިޓް މަސައްކަތްތައް ކޮށްދެއްވާފައެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ފައިސަލް...

ފައިސަލްގެ ތައުލީމާއި ތަޖުރިބާ

ތައުލީމީ އަދި ތަޖުރިބާގެ ގޮތުން ބަލާނަމަ ފައިސަލްއަކީ މި ދާއިރާއަށް ނެގޭނެ އެންމެ ރަނގަޅު ކެނޑިޑޭޓެވެ. ފައިސަލް ވަނީ ދިވެހިރާއްޖޭގެ އިތުރުން، ޗައިނާ، ސިންގަޕޯރ، އޮސްޓްރޭލިއާރ ފަދަ ތައުލީމީ ގޮތުން އެންމެ ރަނގަޅު ޤައުމުތަކުން ތަމްރީންތައް ފުރިހަމަކުރައްވާފައެވެ.

ފައިސަލް ވަނީ މެނޭޖްމަންޓް އަދި މާކެޓިން ދާއިރާއިން އޮސްޓްރޭލިއާއިން ބެޗެލާރސް ޑިގްރީ އަދި އޯޕަން ޔުނިވަރސިޓީ މެލޭޝިއާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހައްދަވާފައެވެ. މީގެ އިތުރުންވެސް އޭނާ ވަނީ ޓޫރިޒަމާ ގުޅުންހުރި ދައިރާތަކުން އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުން ތައުލީމް ހޯއްދަވާފައެވެ.

ފައިސަލް ކެމްޕެއިން ޕޯސްޓަރު

އިލްމީގޮތުން ލިބުނު ޤާބިލްކަމާއެކު ފައިސަލް ވަނީ ޕްރައިވެޓް ސެކްޓަރ އަދި ސަރުކާރުގައި މަތީ ތަޢްލީމީ ދާއިރާގައި ލެކްޗަރާއެއްގެ ގޮތުގަޔާއި ކޮންސަލްޓަންޓެއްގެ ގޮތުގައި އަދި މެނޭޖްމަންޓްގައިވެސް އިސް މަޤާމްތަކެއް ފުރުއްވާފައިވެއެވެ. މިގޮތުން މޯލްޑިވްސް ޕޮލިޓެކްނިކްގައި ޑިރެކްޓަރ އޮފް ކޯރޕޮރޭޓް އެފެއަރޒްގެ މަޤާމާއި ޑިރެކްޓަރ އޮފް އެކަޑެމިކް އެފެއަރޒްގެ މަޤާމު ފުރުއްވައި، އެކަޑެމިކް ބޯރޑްގެ ޗެއަރމަންކަންވެސް ކުރައްވާފައިވެއެވެ. ފައިސަލް ވަނީ އަމިއްލަ ބައެއް ކޮލެޖްތަކުގައި ކޮންސަލްޓަންޓެއްގެ ގޮތުގައިވެސް ހަރަކާތްތެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން ފައިސަލް ވަނީ ދިވެހި ޤައުމީ ދިފާއީ ބާރުގައި ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ކުރައްވާފައެވެ.

ކީއްވެ ފައިސަލް؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ފައިސަލް...

މާލޭގެ އަވައްތަކުގެ ތެރެއިން ހަމަގައިމުވެސް މި މާލެ ސަރަހައްދުންވެސް އެންމެ ދައްޗާއި ތުރާލުގައި ދިރިއުޅެމުންދަނީ މާފަންނަށް ނިސްބަތްވާ ރައްޔިތުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ވާރޭވެހިއްޖެ ނަމަ ދެން އެ ކުރިމަތިވާ ތުރާތަކާއި، ބޯހިޔާވަހިކަމާއި އެނޫންވެސް ކަންކަން އޮތީހަމަ ރަނގަޅުކުރަން ޖެހިފައެވެ. މިކަންކަމަށް ބަލާއިރު ސަރުކާރާ ގުޅިގެން އެކަން ކުރެވޭނެ އެންމެ ރަނގަޅު ކެނޑިޑޭޓަކަށްވާނީ ހަމަ ޔަގީނުންވެސް ފައިސަލް އެވެ.

ފައިސަލްއަކީ މުޖުތަމައުގައި ހުންނަ މައްސަލަތައް ދެނެވަޑައިގަންނަވާ އަދި އެ މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން އިލްމީ އަދި ފަންނީގޮތުން ހުރި ފަރާތެކެވެ. އޭނާގެ ތައުލީމާއި ތަޖުރިބާ ބޭނުންކޮށްގެން ޕާޓީއަށް އެންމެ މުހިންމުވި ދަނޑިވަޅުގައި ވަނީ މުހިންމު ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެހެންކަމުން މިފަހަރުގެ ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލް ގޮނޑިއެއް ހޯދުމަށް ފުރުސަތު ހޯދުމަށް މަސައްކަތްކުރާ އެންމެ ޤާބިލް އެއްފަރާތަށް ހަމަގައިމުވެސް ފައިސަލް ވެގެންދާނޭކަމީ އެއްވެސް މީހަކު ދެބަސްވާނޭ ކަމެއް ނޫނެވެ.

އެޑިޓަރުގެ ނޯޓް
މިއީ ވިޔަފާރީގެ އުސޫލުން ލޯކަލް ކައުންސިލް އިންތިހާބް ކެމްޕެއިނަށް ޝާއިއުކޮށްފައިވާ ލިޔުމެކެވެ
ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ