މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ފަށައިފި

01 Mar 2021 | 09:42

ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

މި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް ފުރުސަތު އެރުވުމުން މަލީހު ވިދާޅުވީ، ހުށަހެޅިގެން އުޅެނީ އޭނާގެ ކޮން މައްސަލައެއް ކަމެއް، މައްސަލަ ހުށަހެޅުއްވި މެމްބަރު މީކާއީލްއަށް ސާފުކޮށްދެވިފައިނުވާ ކަމަށެވެ. މަލީހު އެހެން ވިދާޅުވުމާއެކު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުންވެވަޑައިގެން ވިދާޅުވީ، ހުށަހެޅިފައިވާ މައްސަލައަކީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަމަށެވެ.

"މިއީ ދޮގާ މަކަރުން ފުރިގެންވާ ޒާތީ މައްސަލައެއް. ހުށަހެޅިފައިވާ މި މައްސަލަ ރައްދުވަނީ ހުދު އަޅުގަނޑަށް ކަމާމެދު ޝައްކު އުފެދޭ" މިނިސްޓަރު މަލީހު ވިދާޅުވިއެވެ.

މީގެކުރިން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 10 މެންބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫޕަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވެސް ވަނީ ހުށަހަޅުއްވާފައެވެ. އެކަމާއި ގުޅިގެން މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދަންނަވަން އެމްޑީޕީ ޕަރލިމެންޓަރީ ގްރޫޕުން ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު ފާސް ވެސް ކޮށްފައެވެ.

Advertisement

ކޮމެންޓް