މާލޭ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ގައިދުރުކޮށްގެން ނަމާދުކުރަނީ

01 Mar 2021 | 16:16

މާލޭ ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާއިރު ގައިދުރުކޮށްގެން ނަމާދުކުރުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަދީފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިކަމާ އެކު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާޗް1 ވަނަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން، މިހާރުގެ ހާލަތަށް ލުއެެއް ލިބެންދެން މާލޭ ސިޓީގެ މިސްކިތްތަކުގައި ގައިދުރުކަމާ އެކު ޖަމާއަތުގައި ނަމާދު ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

މިގޮތަށް ނިންމާފައިވަނީ ބައެއް އިލްމުވެރިންނާއި ފަތުވާ މަޖިލީހުގެ ލަފާގެ މަތިންކަމުގައި ވަނީ ފާހަގަކޮށްފައެވެ.

މިފަދައިން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާއިރު، ގެއިން ވުޟޫކޮށްގެން ދިއުމަށާއި، ގެއިން މުސައްލައެއް ހިފައިގެން ދިއުމަށާއި، މާސްކް އެޅުމަށާއި އަދި މިސްކިތަށް ވަދެނުކުތުމުގައި ގައިދުރުކަން ބެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި ބަލިހާލަތު ގޯސް މީހުންގެ އިތުރުން ކޮވިޑްގެ އަލާމާތްތައް ހުރި މީހުން މިސްކިތަށް ނުދިއުމަށް ވަނީ އެދިފައެވެ.

ފޮޓޯ: ސަން

Advertisement

ކޮމެންޓް