08 Dec 2018 | 18:35
ދެމަފިރިން އެއްވަރަކަށް ސިޔާސީވީމަ ލިބޭ ގެއްލުން ވަކިންބޮޑު - އާދަމް ޝަރީފް އުމަރު

ދެމަފިރިން އެއްވަރަކަށް ސިޔާސީވީމަ ލިބޭ ގެއްލުން ބަކިންބޮޑުކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ މިއަދު އޭނާ ފޭސްބުކްގައި ޖެހި ސްޓޭޓަސްއެއްގައެވެ. ނަމަވެސް މިހާރު ވަނީ މި ސްޓޭޓަސް ޑިލީޓު ކުރައްވާފައެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާ އިރު އާދަމް ޝަރީފްގެ އަނބިކަނބަލުންނަކީވެސް ސިޔާސީ ގޮތުން ޕީޕީއެމްގައި ވަރަށް ހަރަކާތްތެރި ކަނބަލެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާއަކީ ޕީޕީއެމްގެ ކައުންސިލް މެންބަރެއްގެ އިތުރުން ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމްއާއި ވަރަށް ގާތް ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން އާދަމް ޝަރީފްގެ އަނބިކަނބަލުންނަކީ ވެސް ސިޔާސީ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން އެއީ މިހާރުގެ ނައިބް ރައީސް ފައިސަލް އާއި މަޖިލިސް ކުރީގެ ރައީސް އަބްދުﷲ މަސީހްގެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ފަހަރުގައި މިއީ މިދެބޭފުޅުންނަށް ނިސްބަތްކުރައްވައި ލިޔުއްވި ލިޔުމެއްކަމީ އެކަށީގެންވާ ކަމެކެވެ.

އާދަމް ޝަރީފަކީ އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ފަރާތެކެވެ. ނަމަވެސް ޕީޕީއެމް އިން ޕްރައިމެރީއަކާ ނުލައި ގިނަ ފަރާތްތަކަކަށް ޓިކެޓް ހަވާލުކޮށްފައިވާ އިރު މިހާތަނަށްވެސް އޭނާއަށް ޓިކެޓް ހަވާނުކުރާކަން ފާހަގަކުރެވެއެވެ. އަދި މިއީ ރައީސް ޔާމީން ނުވަތަ މެޑަމް ފާތުންގެ އިތުބާތު ނެތުމުން ޓިކެޓް ނުލިބެނީކަމަށް ބެލެވެއެވެ.

އާދަމް ޝަރީފަކީ ރައީސް ޔާމީންގެ ގާތް އިތުބާރު ކުރެވޭ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
25 Jun 2026
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދެނީ
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ތާރީޚީ ބިނާއަށް ބަޔަކު ގަސްދުގައި ގެއްލުންދެމުންދާކަން މިހާރު ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ.
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.