ތައުލީމާއި ތަޖުރިބާގެ އަލީގައި މާފަންނު އުތުރަށް، އާ އުންމީދަކާއެކު ފައިސަލް

30 Mar 2026 | 16:03
ފައިސަލް..

މާލެސިޓީއަށް ނިސްބަތްވާ ދާއިރާތަކުގެ ތެރެއިން މާފަންނު އުތުރު ދާއިރާއަކީ ގިނަ ރައްޔިތުންތަކެއް ނިސްބަތްވާ މުހިންމު ދާއިރާއެވެ. ދާއިރާއަށް އުފަން ދަރިއެއްގެ ހައިސިއްޔަތުން އަޙްމަދު ފައިސަލް (މ.އައިރިސް) މާލެސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާއަށް ކުރިމަތިލާން ނިންމީ ސަބަބެއް ނެތިއެއް ނޫނެވެ.

މި ދާއިރާއަށް އިޤްތިސާދީ އަދި އިޖުތިމާއީގޮތުން ކުރިމަތިވެފައިވާ މައްސަލަތައް އެންމެ ކައިރިން ފެނި ތަޖުރިބާކުރި މީހެއްގެ ހައިސިއްޔަތުން މިއަދު ދާއިރާއަށް ކުރިމަތިލީ އިޚްލާސްތެރި ހިތަކައިގެން ދާއިރާގެ ކުރިއެރުމަށް އަދި ރައްޔިތުންނަށް އުފާފާގަތިކަން ހޯދައިދިނުމަށެވެ.

ފައިސަލް މޭޔަރު ކެނޑިޑޭޓާއެކު....

ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަން އެންމެ ރަނގަޅަށް އެނގޭނޭ އެކަކީ ފައިސަލްއެވެ. އެގޮތުން ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަކީ އެންމެ ބޮޑު އެއް މައްސަލައެވެ. ފައިސަލަކީ ސަރުކާރަށް ނިސްބަތްވާ ކެނޑިޑޭޓަށް ވުމުން މި ދާއިރާގެ ކައުންސިލް ގޮނޑި ފައިސަލަށް ކާމިޔާބު ކުރެވިއްޖެނަމަ ރައްޔިތުން ތަޖުރިބާކުރަމުންދާ މިފަދަ ހިތްދަތިކަމަށް ނިމުމެއް ގެނައުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެ އިތުރުން މާލޭގެ އެހެންވެސް ދާއިރާތަކެކޭ އެއްގޮތަށް މި ދާއިރާއަށް ކުރިމަތިވެފައި އޮތް ޕާކިން މައްސަލައާއި، ކުޅިވަރުކުޅޭނޭ ވަސީލަތްތަކާއި ތަންތަން މަދުވުމަކީވެސް ދާއިރާގެ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.

ފައިސަލް ދާއިރާގެ ރައްޔިތުންނާއެކު..

މީގެ އިތުރުން ދާއިރާގެ ރައްޔިތުންގެ އެންމެބޮޑު އެއް ކަންބޮޑުވުމަކީ، ތޮއްޖެހިފައިވާ މި މާލޭގައި އާއިލީ ގުޅުންތައް ބަދަހިކޮށްލައި، އުމުރުން ދުވަސްވީ މައިންބަފައިނާއި ކުޑަކުދިން ގޮވައިގެން ނިކުމެލައި ހިތްއުފާކޮށްލާނެ މައިޒާން ފަދަ ތަންތަން ނެތުމެވެ. މިއާއެކު މި ދާއިރާގެ މަގުތަކާއި ގޯޅިތަކުގެ ސާފުތާހިރުކަމާއި ރީތިކަން ގެއްލިފައި އޮތުމަކީވެސް ރައްޔިތުން ނިހާޔަތަށް ކަންބޮޑުވާ އިޖްތިމާއީ އަދި ސިއްޙީ ބޮޑު މައްސަލައެވެ.

މި ހުރިހާ މައްސަލަތައް ސަރުކާރާ ގުޅިގެން ހައްލުކުރުމުގެ ރޫހުގައި ފައިސަލް މިއަދު އެ ނިކުންނަނީ އޭނާއަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި އަމިއްލަ ނަފްސަށް އޮތް ވަރަށްބޮޑު ޔަގީންކަމާއި އިތުބާރާއެކުގައެވެ. އެ އިތުބާރު އެންމެބޮޑަށް ފައިސަލަށް ލިބުނީ ކޮންގްރެސް ޕާޓީގެ މާފަންނު އުތުރު ދާއިރާގެ ޓިކެޓް ކާމިޔާބުކުރެވުނު ހިސާބުންނެވެ.

ފައިސަލްގެ ޕޯސްޓަރު

ސިޔާސީ ގޮތުންވެސް ކާމިޔާބު ތަޖުރިބާތަކެއް

ފައިސަލް އަކީ މި ދާއިރާގެ ސިޔާސީ އަދި އެނޫންވެސް މަސައްކަތްތަކަށް ވަރަށް ފަރިތަ ބޭފުޅެކެވެ. އެގޮތުން ފައިސަލް ވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަދުގެ ސަރުކާރަށް ކާމިޔާބުކޮށްދިނުމަށް މާފަންނު އުތުރުގައި ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަން ކެންޑިޑޭޓަށް، މާފަންނު އުތުރުގެ ގޮނޑި ކާމިޔާބުކޮށްދިނުމަށްޓަކައި، ކެމްޕެއިން މެނޭޖަރެއްގެ ހައިސިއްޔަތުން ބުރަ އަދި ކާމިޔާބު މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދުގެ ސަރުކާރަށް ރިޔަސީ އިންތިހާބު ކާމިޔާބުވުން އެކުލަވާލި ޓްރާންސީޝަން ކޮމިޓީގައިވެސް ފައިސަލްވަނީ އިސް ދައުރެއް އަދާކޮށްދެއްވާފައެވެ. އެގޮތުން މުހިންމު ކުންފުނިތަކެއްގެ އޮޑިޓް މަސައްކަތްތައް ފުރިހަމަކުރުމުގައި އެންމެ އިސް ސަފުގައި ފައިސަލް ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރެވެއެވެ.

އިލްމީ ގޮތުންވެސް އެހާމެ ޤާބިލް

ތަޢުލީމާއި މަސައްކަތުގެ އަމަލީ ތަޖުރިބާއަށް ބަލާނަމަވެސް ފައިސަލްއަކީ މާފަންނު އުތުރަށް އެންމެ ރަނގަޅު ޗޮއިސްއެވެ. ލިބިފައިވާ ޢިލްމަށް ބަލާއިރު އޭނާ ވަނީ، ދިވެހިރާއްޖޭގެ އިތުރުން، ޗައިނާ، ސިންގަޕޯރ، އޮސްޓްރޭލިއާރ ފަދަ ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ޤައުމުތަކުން ތަމްރީންތައް ހާސިލްކުރައްވާފައެވެ.

ފައިސަލް ވަނީ މެނޭޖްމަންޓް އަދި މާކެޓިން ދާއިރާއިން އޮސްޓްރޭލިއާއިން ބެޗެލާރސް ޑިގްރީ އަދި އޯޕަން ޔުނިވަރސިޓީ މެލޭޝިއާއިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލްކުރައްވާފައެވެ. މީގެ އިތުރުންވެސް އޭނާ ވަނީ ޓޫރިޒަމާ ގުޅުންހުރި ދައިރާތަކުން އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީތަކުން ތަމްރީންތަކެއް ފުރިހަމަ ކުރައްވާފައެވެ.

ފައިސަލް ސިޔާސީ ހަރަކާތެއްގައި ރައީސް ޑރ.މުއިއްޒުގެ ޓީމާއެކު..

ދާއިރާގެ ކުރިއެރުމަށް ކިހާ މުހިންމު ބޭފުޅެއް؟

ޢިލްމީ ޤާބިލްކަމާއެކު ފައިސަލް ވަނީ ޕްރައިވެޓް ސެކްޓަރ އަދި ސަރުކާރުގައި މަތީ ތަޢްލީމުގެ ދާއިރާގައި ލެކްޗަރާއެއްގެ ގޮތުގައްޔާއި ކޮންސަލްޓަންޓެއްގެ ގޮތުގެ އިތުރުން މެނޭޖްމަންޓްގައިވެސް އިސް މަޤާމްތަކެއް ފުރުއްވާފައިވެއެވެ. މިގޮތުން މޯލްޑިވްސް ޕޮލިޓެކްނިކްގައި ޑިރެކްޓަރ އޮފް ކޯރޕޮރޭޓް އެފެއަރޒްގެ މަޤާމާއި ޑިރެކްޓަރ އޮފް އެކަޑެމިކް އެފެއަރޒްގެ މަޤާމު ފުރުއްވައި، އެކަޑެމިކް ބޯރޑްގެ ޗެއަރމަންކަންވެސް ކުރައްވާފައިވެއެވެ. ފައިސަލް ވަނީ އަމިއްލަ ބައެއް ކޮލެޖްތަކުގައި ކޮންސަލްޓަންޓެއްގެ ގޮތުގައިވެސް މަސައްކަތްކުރައވާފައެވެ. މީގެ އިތުރުން ފައިސަލް ވަނީ ދިވެހި ޤައުމީ ދިފާއީ ބާރުގައި ފާހަގަކޮށްލެވޭފަދަ ހިދުމަތްތަކެއް ކުރައްވާފައެވެ.

ފައިސަލް އޭނާގެ ދާއިރާއަށް ނިސްބަތްވާ ޒުވާނުންނާއެކު...

ދާއިރާއަށް އުފަން ދާއިރާ ދެކެ އިންތިހާއަށް ލޯބިވާ މީހެއްގެ ހައިސިއްޔަތުން ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން މިއަދު ފައިސަލް އެ ނިކުންނަނީ، އޭނާގެ އުމުރުގައިވެސް އެންމެ ބޭނުންވި އެއް ކަންތައް ހާސިލްކުރާށެވެ. ސަރުކާތާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުމަށެވެ. ދާއިރާއަށް އެންމެ އިޚްލާސްތެރިވާނީ އެ ދާއިރާއަށް އުފަންވެ އެތަނުގައި އުޅެ ބޮޑެތިވެގެން ހިދުމަތްކުރަން ނިކުންނަ ދަރިންކަމާއި މެދު ޝައްކެއްނެތެވެ.

މާފަންނު އުތުރަށް އުފަން އިޚްލާސްތެރި، އަމާނާތްތެރި ކެނޑިޑޭޓަކު ހޮވަން ބޭނުންނަމަ އެކަމަށް އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ ކޮންގްރެސް ޕާޓީގެ ފަރާތުން މާލެސިޓީ ކައުންސިލް މެމްބަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓް ނަމްބަރު 8 އަޙްމަދު ފައިސަލްއެވެ.

ކޮމެންޓް