އެމްއެންޔޫ-
ހަބަރު
25 Jun 2026 | 17:49
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު؛ ފީއެއް ދައްކާކަށް ނުޖެހޭނެ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އާޓްސްއިން އިންތިޒާމުކުރާ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.

މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2026 ޖުލައި 09 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 20:15 އިން 23:15 އަށެވެ. ތިން ގަޑިއިރުގެ މި ކޯސް ކުރިއަށްދާނީ ހައިބްރިޑް މޯޑަށެވެ. އެގޮތުން އެމްއެންޔޫގެ މާލެ ކެމްޕަހަށް ހާޒިރުވެގެންނާއި އޮންލައިންކޮށްވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ޖުމްލަ 100 ފުރުޞަތު ހުޅުވާލާފައިވާ މި ކޯހުގައި މާލެ ކެމްޕަހަށް ހާޒިރުވެގެން ކިޔެވުމުގެ ފުރުޞަތު ދެނީ 40 ބައިވެރިންނަށެވެ. އަދި އޮންލައިންކޮށް ބައިވެރިވެވޭނީ 60 ފަރާތަކަށެވެ. މި ކޯހަށް ބައިވެރިން ހޮވުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

ޢުމުރުން 16 އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭ މި ކޯހަކީ މުޅިން ހިލޭ ކުރިއަށްގެންދާ ކޯހެކެވެ. ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ޢަރަބި ބަހުގެ އަސާސީ މައުލޫމާތުތައް ލިބިގެންދާނެ ކަމަށާއި، މިއީ މަތީ ފަންތީގެ ޢަރަބި ބަހުގެ ކޯސްތަކަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް އެމްއެންޔޫއިން ފާހަގަކުރެއެވެ.

މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 ޖުލައި 05 ވަނަ ދުވަހުގެ 23:59 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ. ކޯހަށް ރަޖިސްޓްރީވާ ފަރާތްތަކަށް ކޯހުގެ ތާވަލު ފޮނުވޭނެއެވެ.

ކޯހާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ފެކަލްޓީ އޮފް އާޓްސްގެ އީމެއިލް [email protected] އަށް މެއިލް ކުރުމަށް އެމްއެންޔޫއިން އެދެއެވެ. ކޯހުގައި ބައިވެރިވާ ފޯމު ތިރީގައިވާ ލިންކުގައި ވާނެއެވެ. 

https://docs.google.com/forms/d/e/1FAIpQLSf3cDow0rx09pe3zgnua2cIWqVos-Tku9MUCdFKEx73cO8SxA/viewform?pli=1

ކޮމެންޓް
Faseeha maseeh
ރަނގަޅު ކަމެއް ބޭނުން ބައިވެރިވާން
26 Jun 2026
ނިޔާޒު
ރަނގަޅުކަންތައްތައް ވަރައްބޭނުން
01 Jul 2026
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.