"ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ރައީސް ވާހަކަދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް
ހަބަރު
31 Jul 2026 | 22:11
އެކި ފަންނުތަކުގެ ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ

ތަފާތު ދާއިރާތަކުގެ 100 އަށްވުރެ ގިނަ ފަންނުވެރިން ހިމެނޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް ޤައުމީ މަޖިލީހެއް އެކުލަވައިލައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ. އެގޮތުން ޚިދުމަތްތެރިންގެ ޚާއްޞަ މަޝްވަރާ މަޖިލީހެއްގެ އިތުރުން ތަޢުލީމީ އަދި ފަންނީ ގޮތުން ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅުން ހިމެނޭ ވަކި ޤައުމީ ލަފާދޭ މަޖިލީހެއް ވެސް އުފައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ދެ މަޖިލީހުގެ ބޭނުމަކީ ނިޒާމީ ގޮތެއްގައި ބަދަލުތައް ގެނައުމަށް ބޭނުންވާ ލަފާ ހޯއްދެވުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގިނަ ދުވަސްތަކަކަށް ދައުލަތަށް އެކި ދާއިރާތަކުން ޚިދުމަތްކޮށްފައި ތިބި ފަރާތްތަކާއި މަތީ މަޤާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބި ފަރާތްތަކެއް އެބަތިބި ކަމަށައި، ޤައުމުގެ ކަންކަމުގައި ބަސްބުނަން ބޭނުންވާނެ މީހުން އަދިވެސް ތިބޭނޭކަމަށެވެ. 

އެފަދަ މީހުންގެ މައްޗަށް އެކުލެވޭ މަޝްވަރާ މަޖިލީހެއް މި އެކުލަވާލަނީ. އޭރުން އަޅުގަނޑު ބޭނުންވާ ހާލަތެއްގައާއި އެބޭފުޅުން އިސްނަގައިގެންވެސް ލަފާދެވޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޤައުމީ ލަފާދޭ މަޖިލީހުގެ މެންބަރުންގެ ޢަދަދާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާ އާއި ކާބޯތަކެތީގެ ދާއިރާ ފަދަ ތަފާތު ރޮނގުތަކުގެ ތަޖުރިބާކާރުން ހިމެނޭ ގޮތަށް 100 އާއި 150 އާ ދެމެދުގެ ޢަދަދެއް ހިމެނިދާނެ ކަމަށެވެ.

މި ޤައުމީ މަޖިލީހެއް އެކުލަވައިލެއްވުމުގެ ވިސްނުން ރައީސް ފުރަތަމަ ހާމަކުރެއްވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.