ކޮންގްރެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަހީމް ވާހަކަފުޅު ދައްކަވަނީ..
ހަބަރު
15 Sep 2026 | 23:46
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން: ޢަބްދުއްރަހީމް

ދިވެހިރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ އެ އިރެއްގައި ހުންނެވި ވެރިއަކަށް މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެންކަމަށް ކޮންގްރެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި މިރޭ ވާހަކަދައްކަވަމުން، ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވަމުން އަންނަ ޢަބްދުއްރަހީމް ވިދާޅުވީ، ރާއްޖެއަށް މިވަގުތު ހަމަޖެހުމާއި ތަރައްޤީ އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ލިބި، ފުދުންތެރި ބަޔަކަށް ހެދޭނީ އެއް ވެރިއަކަށް މަދުވެގެން ދެ ދައުރުގެ ވެރިކަމެއް ދީގެން ކަމަށް ޤަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އިޝާރާތްކުރައްވައި ޢަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ޕާޓީތައް އުފައްދަނީ ވެރިކަން ކުރުމަށް ކަމަށާއި، ވެރިކަމުގައި ނެތް ނަމަވެސް ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ. އަދި ރައީސް ނަޝީދު އެ ޖަލްސާއަށް ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ނަޝީދު އާއި ފިޝަރީޒް މިނިސްޓަރު ޝިޔާމް

ޢަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރުމަށް ކަމަށެވެ.

އެ ރާއްޖޭގައި އޮންނާނީ އަމާންކަން. އެ ރާއްޖޭގައި އޮންނާނީ ހިމޭންކަން. އެ ރާއްޖޭގައި އޮންނާނީ އަދުލު އިންސާފު. އެ ރާއްޖޭގައި އިރާދަކުރެއްވިއްޔާ އަނިޔާވެރިކަމަކަށް ޖާގައެއް ނޯންނާނެ. އެ ރާއްޖޭގައި ފިތުނަވެރިކަމަކަށް ޖާގައެއް ނޯންނާނެ،

ކޮންގްރެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއް ރަހީމް ޢަބްދުﷲ

ދިވެހިން އަބަދުވެސް އެދެނީ ކާބަފައިން އުޅެމުން އައި އަމާން، ސުލްހަވެރި އަދި އެއްބައިވަންތަ ދިރިއުޅުން ކަމަށާއި، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު މި ޤައުމުގައި އަބަދުމެ ދެމިއޮންނަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެހެން ދީންތަކަށް މި ފަސްގަނޑުން ފުރުސަތު ދެވެން ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޢަބްދުއްރަހީމް ވިދާޅުވީ، މީގެ 900 އަހަރު ކުރިން ދިވެހިން ބަލައިގަތް އިސްލާމްދީނުގެ ހިޔާވަހިކަމުގައި ތިބެ، މިނިވަންކަމާއި ތަރައްޤީއާއެކު ޤައުމު ކުރިއަށް ގެންދިއުމުގެ ފުރިހަމަ ޤާބިލުކަމާއި ތަސައްވުރު އޮތް ހަމައެކަނި ޕާޓީއަކީ ކޮންގްރެސް ޕާޓީ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.