ޖަޕާން ކުރިކެޓް ޓީމް... ފޮޓޯ: އައިސީސީ
ކުޅިވަރު
15 Sep 2026 | 20:26
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ

ބޭސްބޯޅަ އިންތިހާއަށް މަގުބޫލު، އަދި ކްރިކެޓްގެ ނަންވެސް މާ ބޮޑަށް އެނގިފައިނުވާ ޖަޕާނުން މިވަނީ އެ ގައުމުގެ ތާރީޚުގައިވެސް ކުޅިވަރުގެ ދާއިރާއިން ނުފެންނަ ފަދަ ޚާއްޞަ ދެ ހަފުތާއަކަށް ތައްޔާރުވާން ފަށާފައެވެ.ކްރިކެޓްގެ މަގުބޫލުކަން ކުޑަ ޖަޕާނުގައި ކްރިކެޓް އާލާކޮށް، ކްރިކެޓާއި މެދު އޮންނަ ޝައުގުވެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއް ފަށައިފިއެވެ.

ދުނިޔޭގެ ކްރިކެޓްގެ އެންމެ ބޮޑެތި ނަންތައް، އޭގެ ތެރޭގައި ކްރިކެޓްގެ ގަދަފަދަ އިންޑިއާ ހިމެނޭ ގޮތަށް، ކުރިއަށް އޮތް ހަފުތާގައި ޖަޕާނަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު، ސަރަޙައްދީ ކޮލިފައިން މެޗެއް މަދުން ނަމަވެސް ބާއްވަމުން އައި ޖަޕާން ވެގެންދާނީ ސަރަހައްދީ ފެންވަރު ކްރިކެޓްގެ މުހިންމު މަރުކަޒަކަށެވެ.މި ފުރުސަތު ލިބިގެންދިޔައީ ސިޔާސީ އަދި ޚާރިޖީ ގުޅުންތަކުގެ ތެރެއިންނާއި، ކޯޕަރޭޓް ސްޕޮންސަރުންގެ އެހީތެރިކަމާއެކު، ޖަޕާން ކްރިކެޓް އެސޯސިއޭޝަން (ޖޭސީއޭ) އިން މި ކުޅިވަރު އާލާކުރުމަށް ގިނަ އަހަރުތަކެއް ވަންދެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ޖޭސީއޭ އިން ވަނީ ދުނިޔޭގެ ޓްވެންޓީ ޓްވެންޓީ ޗެމްޕިއަން އިންޑިއާގެ ގައުމީ ޓީމު ސާނޯގައި ޖަޕާނާ ދެކޮޅަށް ކުޅުމަށް އެއްބަސްކުރުވައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މިއީ އައިސީސީގެ އެސޯސިއޭޓް މެމްބަރެއްގެ ގޮތުގައިވާ ޖަޕާން، އައިސީސީގެ ފުރިހަމަ މެމްބަރު ގައުމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ ފަހަރެވެ.

މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.

"އެކަކު މެޗަކުން ނުވަތަ މުބާރާތަކުން އެކަނި ހުރިހާ ކަމެއް ބަދަލެއް ނުވާނެ. އަދި ކުއްލިއަކަށް ޖަޕާނުގައި ބޭސްބޯޅަ ނުވަތަ ފުޓުބޯޅަ ފަދައިން ކްރިކެޓް މަގުބޫލުވެގެންދާނެ ކަމަކަށް އަހަރެމެން ގަބޫލެއް ނުކުރަން،" މިޔާޖީ ރޮއިޓާސްއަށް ވިދާޅުވިއެވެ.

ޖޭސީއޭ އިން ވަނީ ސާނޯގައި ޓްވެންޓީ ޓްވެންޓީ އިންޓަނޭޝަނަލް މެޗެއް ކުޅުމަށް އިންޑިއާގެ ކްރިކެޓް ބޯޑު އެއްބަސްކުރުވުމަށް އަހަރަކަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައެވެ. މި މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބުނީ ޖަޕާނު ސަރުކާރުން މިކަމުގެ ތެރެއަށް ވަނުމުންނެވެ.

މި އަހަރުގެ ކުރީކޮޅު އިންޑިއާއަށް ކުރެއްވި ޒިޔާރަތެއްގައި، ޖަޕާނުގެ ޚާރިޖީ ވަޒީރު ތޮޝިމިޓްސު މޮޓޭގީ ވަނީ އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމަންޔަމް ޖައިޝަންކަރަށް ޖޭސީއޭގެ ކްރިކެޓް ޖާޒީއެއް ހަދިޔާކުރައްވާފައެވެ. ރައްދުގައި ޖައިޝަންކަރު ވަނީ އިންޑިއާގެ ކްރިކެޓް ކުޅުންތެރިން ސޮއިކޮށްފައިވާ ބެޓެއް ހަދިޔާކުރައްވާފައެވެ. އެއަށްފަހު، ޖަޕާނުގެ ބޮޑުވަޒީރު ސަނާއޭ ތަކާޗީ، ޖުލައި މަހު ނިއު ދިއްލީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ސިޔާސީ ގުޅުމަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން "ސުޒުކީ ކަޕް" ގެ ނަމުގައި ކްރިކެޓް މެޗެއް ބޭއްވުމަށް އެއްބަސްވެވަޑައިގެންނެވިއެވެ.އޭޝިއަން ގޭމްސް މުބާރާތަށް ޖޭސީއޭ އިން ސާނޯ އިންޓަނޭޝަނަލް ކްރިކެޓް ގްރައުންޑް ހުށަހެޅި ނަމަވެސް، އިންތިޒާމުކުރާ ފަރާތްތަކުން ނިންމީ ލޮޖިސްޓިކް މައްސަލަތަކުން ރައްކާތެރިވުމަށް ނަގޯޔާގެ ބޭސްބޯޅަ ދަނޑެއް ކްރިކެޓް ދަނޑަކަށް ބަދަލުކޮށްގެން ބޭނުންކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ރާއްޖެ އިޝްތިހާރުކުރުމަށް އެމިރޭޓްސްއާ ޤަތަރު އެއާވޭސްއާ އެކު އެއްބަސްވުމެއް
އޭޓީއެމް ފެއާ 2026ގެ ހަވާސާގައި ވަކިވަކިން ކުރިއަށް ގެންދިޔަ ދެ ރަސްމިއްޔާތެއްގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރެވެ. އެމިރޭޓްސްގެ ނަމުގައި ސޮއިކުރީ އެ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް - ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަޙްމަދެވެ. ޤަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރީ ވައިސް ޕްރެޒިޑެންޓް އެފްރިކާ ގްލޯބަލް ލެޝަރ ސޭލްސް ހެންޑްރިކް އަބްރަހަމް ޑު ޕްރީޒެވެ.