ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
އެންމެ ގިނަ މަންދޫބުންނާއެކު ބާއްވާ ޕީއެންސީގެ ތާރީހީ ކޮންގްރެސް މިއަދު ވަނީ ފަށާފަ އެވެ. މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާ މިރޭ ކުރިއަށް ދަނީ ސޯޝަލް ސެންޓަރުގަ އެވެ.
އާންމުކޮށް ޕާޓީތަކުގެ ކޮންގްރެސްގެ ފެށުމުގެ ޖަލްސާއަށް ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު ދެ އެވެ. މިރޭގެ ޖަލްސާއަށް ވެސް ދައުވަތު ދޭނެ ކަމަށް ބެލެވެ އެވެ.
މިރޭގެ ޖަލްސާގައި ރައީސް ނަޝީދު ރައީސް މުޢިއްޒުއާ ސަލާމް ކުރައްވަނީ
މިރޭގެ ޖަލްސާގައި ރައީސް ނަޝީދު
މިރޭގެ ޖަލްސާއަށް ވަޑައިގެންނެވީ އެހެން ޕާޓީތަކުގެ ސިޔާސީ ލީޑަރުންގެ ތެރެއިން ޖަލްސާއަށް ވަޑައިގެންނެވީ ރައީސް ނަޝީދާއި އެމްްއެންޕީގެ ލީޑަރު މުހައްމަދު ނާޒިމްއާ އަދާލަތުގެ ރައީސެވެ.
މިރޭގެ ޖަލްސާގައި ރައީސް ނަޝީދު
މިރޭގެ ޖަލްސާއަށް ނަޝީދު ވަޑައިގެންނެވުމުން ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވެ ސަލާމް ކުރައްވާފަ އެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists