އިންޑިއާގެ ބެންގަލޫރުގެ ސަރަހައްދެއް.. ފޮޓޯ: ވޮއިސް
ދުނިޔެ
15 Sep 2026 | 21:36
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް

އިންޑިއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ޤައުމުގެ ދަރިމައިވުމުގެ ނިސްބަތް އާބާދީ މަދުނުވެ ހިފެހެއްޓުމަށް ބޭނުންވާ މިންގަނޑަށްވުރެ ތިރިއަށް ގޮސް މުސްކުޅި މުޖުތަމަޢަކަށް ބަދަލުވެދާނެ ކަމުގެ ކަންބޮޑުވުން އުފެދިއްޖެއެވެ.

އިންޑިއާގެ ރެޖިސްޓްރާ ޖެނެރަލް އެންޑް ސެންސަސް ކޮމިޝަނަރުގެ އޮފީހުން މިދިޔަ މަހު ނެރުނު ސާމްޕަލް ރެޖިސްޓްރޭޝަން ސިސްޓަމް (އެސްއާރުއެސް) ރިޕޯޓުގައިވާ ގޮތުން އަންހެނުން ދަރިމައިވާ ރެޓް ވަނީ ވަރަށްބޮޑުތަނުން ދަށަށް ގޮސްފައެވެ.

ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ތަޢުލީމު ހޯދުމަށް ހުރި ގޮންޖެހުންތަކާއި ދަރިން ނުލިބޭނެ ގޮތް ހެދުމުގެ ވަސީލަތްތައް ފަސޭހައިން ލިބުމާއި ދަރީން ބެލެހެއްޓުމުގެ ޚަރަދު ބޮޑުވުމަކީ ދަރިމައިވުމުގެ ނިސްބަތް ދަށަށް ދާން މެދުވެރިވި މައިގަނޑު ސަބަބުތަކެވެ. ހަމައެއާއެކު ތުއްތު ކުދީން މަރުވާ ނިސްބަތް ދަށްވުމުން ގިނައިން ދަރީން ހޯދުމުގެ ބޭނުންވެސް ކުޑަވެފައިވެއެވެ. އެސްއާރުއެސް ހިސާބުތައް ދައްކާ ގޮތުގައި ތުއްތު ކުދީންގެ މަރުގެ ނިސްބަތްވެސް ވަނީ ދަށަށް ގޮސްފައެވެ.

އިންޑިއާގެ ޑިވެލޮޕްމެންޓް އިކޮނޮމިސްޓެއް ކަމުގައިވާ ޑީޕާ ސިންހާ އަލް ޖަޒީރާއާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، ދަރިމައިވުމުގެ ނިސްބަތް ދަށަށްދަނީ ގިނަ ފަހަރު މުޖުތަމަޢުގައި ގިނަ އަންހެނުންނަށް ތަޢުލީމާއި ދަރިން ނުލިބޭނެ ވަސީލަތްތަކާއި ގޭތެރޭގެ ނިންމުންތަކުގައި ބާރު ލިބޭ ހިސާބުން ކަމަށެވެ. އަދި އިޤުތިޞާދު އަގުބޮޑުވުމުން ދަރީން ބެލެހެއްޓުމުގެ ހަރަދުތައްވެސް ބޮޑުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޤައުމުގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ. އެގޮތުން އެ ސްޓޭޓްގައި ވިހެއުމުގެ ތެރޭގައި ތުއްތުކުދިން މަރުވާ ރޭޓް 2.9 ގައި ހުރި އިރު އުއްތަރް ޕްރަދޭޝްގައި މި ރޭޓް ހުރީ 2.6 ގައެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ބަލާއިރު މި ރޭޓް 1.2 އަށް ވެއްޓިފައިވާ އިރު ތަޢުލީމާއި ޞިއްޙީ ނިޒާމު ރަނގަޅު ދެކުނުގެ ޓެމިލް ނާޑޫ އާއި ކެރެލާ ފަދަ ސްޓޭޓްތަކުގައި މި ރޭޓް ހުރީ 1.3 ގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.