މޮރޯކޯގެ ރެފިުއޖީން ސެއުޓާއަށް ވަންނަނީ.. ފޮޓޯ؛ ސްޕެއިން އިންގްލިޝް
ދުނިޔެ
31 Jul 2026 | 18:40
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ

މޮރޯކޯގެ އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާގެ ބޯޑަރު ފޫއަޅުވާލުމަށްފަހު އެ ސިޓީއަށް ވަދެގަނެއްޖެއެވެ.

ސެއުޓާ އަށް ބުރާސްފަތި ދުވަހު އެތައް ހާސް ހިޖުރަވެރިންނެއް ވަދެގަތުމާ ގުޅިގެން، ސަލާމަތީ އަދި އިންސާނީ އެހީތެރިކަމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފައިވާއިރު، ކަމާބެހޭ ފަރާތްތަކުން ބުނީ ހިޖުރަވެރިންގެ އަދަދު 50،000 ހާހަށް އަރާނޭކަމަށް ބެލެވޭކަމަށެވެ. 

ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ. އެހެންކަމުން، މެޑްރިޑްގައި އޮންނަ މަރުކަޒީ ސަރުކާރުގެ ކުއްލި އެހީތެރިކަމަށް އެ ފަރާތްތަކުން ވަނީ އެދިފައެވެ. ބޮޑެތި ގްރޫޕްތަކުން ކަނޑުމަގުން މި ސަރަހައްދަށް ވަދެފައިވާއިރު، ގިނަ ބަޔަކު ވަނީ "ތަރަޖަލް" ބްރޭކްވޯޓާ ކައިރިން ފަތާފައި އަދި ވައިޖެހި ރިންގާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން އެތެރެއަށް ވަދެފައެވެ. އަދި ބައެއް މީހުން ބޯޑަރު ފެންސުގެ ދޮރެއް ހަލާކުކޮށްލުމަށްފަހު ސިޓީގެ ތެރެއަށް ދުވެފައި ވަދެފައިވެއެވެ. ޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި، ގިނަ އަދަދެއްގެ ބަޔަކު ބޯޑަރު ހުރަސްކުރަމުން ދިޔައިރު ބައެއް މީހުން "ވިވާ އެސްޕަންޔާ! އޭ ގޮވަމުން ގޮސްފައި ވެއެވެ.

މި ހާދިސާ ހިނގާފައިވަނީ ފާއިތުވި ދުވަސްތަކުގައި ހިޖުރަވެރިން އަންނަ މިންވަރު އިތުރުވެފައި ވަނިކޮށެވެ. ސެއުޓާގެ ސަރަހައްދީ ރައީސް ހުއާން ހީސޫސް ވިވާސް ހާމަކުރެއްވި ގޮތުގައި، ފާއިތުވި ހަފުތާގެ ތެރޭގައި އެކަނިވެސް 1,500 އަށްވުރެ ގިނަ މީހުން ވަނީ ކަނޑުމަގުން އެ ސަރަހައްދަށް ވަދެފައެވެ.

ހިޖުރަވެރިން ބައިތިއްބާ މަރުކަޒުތައް މިހާރު ވަނީ ފުރިފައެވެ. މީގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަގުމަތީގައި ނިދަން މަޖުބޫރުވެފައިވާއިރު، އިތުރަށް އަންނަ މީހުން ބަލައިގަތުމުގެ ގާބިލުކަން އެ ސިޓީގައި މިހާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މަރުކަޒުތައް ވަނީ މުޅިން ފުރިފައި. އެއްވެސް މީހަކަށް އިތުރު ޖާގައެއް ނެތް. އިއްޔެގެ ހިސާބުތަކަށް ބަލާއިރު ދުވާލަކު 200 އަށްވުރެ ގިނަ މީހުން އެބަ އެތެރެވޭ،" އޭނާ ވިދާޅުވިއެވެ.

މި ހާދިސާގެ ސަބަބުން 2021 ވަނަ އަހަރުގެ މެއި މަހު ކުރިމަތިވި ބޮޑު ބޯޑަރު ކްރައިސިސްގެ ހަނދާންތައް ވަނީ އާވެފައެވެ. އެފަހަރު ބޯޑަރު ކޮންޓްރޯލް ކުޑަވަގުތުކޮޅަކަށް ދޫވެގެން ދިޔުމުގެ ސަބަބުން، ދެ ދުވަސް ތެރޭގައި 8,000 އަށްވުރެ ގިނަ މީހުން މޮރޮކޯ އިން ސެއުޓާ އަށް ވަދެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.