ބޯހިޔާވަހިކަމުގެ ދެ ޕްރޮޖެކްޓެއް މިހާރުވެސް ސައިޓުގައި އެބަހިނގާ: އަސްލަމް

10 Mar 2021 | 10:04

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރަކާރުން، ބޯހިޔާވަހިކަމުގެ ދެ މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައިގެން ކުރިޔަށްގެންދާ ކަމަށް ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ނުލިބުނު މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ރާވާފައިވާ ޕްލޭނަކީ ކޮބައިތޯ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ކުރެއްވި ސުވާލަށް ޖަވާނު ދެއްވަމުން އަސްލަމް ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

އަސްލަމްް ވިދާޅުވިގޮތުގައި، ހިޔާ މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަަމަށް އެދުނު މީހުންގެ ތެރެއިން، ފްލެޓް ނުލިބޭ މީހުންނަށް ފްލެޓް ދިނުމަށްޓަކައި އިތުރު ފްލެޓްތަކެއް އަޅަންޖެހެއެވެ. ސަރުކާރުން ހިންގަމުންދާ، އަދި ކޮންޓްރެކްޓްގައި ސޮއިކުރެވި ނެގޯޝިއޭޓް ކުރަމުންދާ ބޯހިޔާވަހިކަމުގެ 11 މަޝްރޫއުއެއް އޮތްކަމަށްވެސް ވިދާޅުވިއެވެ.

އޭގެތެރެއިން 2 މަޝްރޫއުއަކީ އަމަލީ މަަސައްކަތް ސީދާ ސައިޓުގައި ހިނގަމުންދާ ދެ މަޝްރޫޢުއެއް." އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބޯހިޔާވަހިކަމުގެ އިތުރު ދެ ޕްރޮޖެކްޓެއްގެ އީޕީސީ ކޮންޓްރެކްޓުގައި ސޮއިކުރެވިފައިވާ ކަމަށާއި، އެޗްޑީސީން ހިންގާ ދެމަޝްރޫއެއް ޓެންޑަރ ސްޓޭޖުގައިވާ ކަމަށެެވެ.

"ދެ ޕްރޮޖެކްޓެއް އެބައޮތް ފްރޭމްވާރކް އެގްރީމަންޓެއްގައި ސޮއިކުރެވިފައި. ދެ ޕްރޮޖެކްޓެެއް އެބައޮތް ނެގޯސިއޭޝަން ސްޓޭޖުގައި" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވިގޮތުގައި މި 11 މަޝްރޫޢުގެ ދަށުން 13،222 ފްލެޓް އެޅުމަށް ވަނީ ނިންމައިފައެވެ. ސަރުކާރުގެ ވިސްނުމަކީ މި ޕްރޮޖެކްޓްތަކުގެ އިތުރުން 2،000 ހައުސިން ޔުނިޓް އަޅައި، ފްލެޓްތަކުގެ އަދަދު 15،000އަށް އިތުރު ކުރުން ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުގައި، މީހުންނަށް ލިބޭ އާމްދަނީއާއި އުޅޭތަނުގެ ސައިޒަށް ބަަލއި ހެދުނު ދިރާސާއަކުން ބޯހިޔާވަހިކަަމަށް ބޭނުންވެފައި ތިބި މީހުންގެ އަދަދަކީ ސަތާރަހާސް ހަތްދިހަ ތިނެއް ކަމަށެވެ. އޭގެތެރެއިން 5،630 ފަރާތަކީ މާލެއަށް އުފަން މީހުންނާއި، މާލޭގެ ދަފްތަރުގައި ޖެހިފައި ތިބި މާލޭ ރަށްވެހީން ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.  

Advertisement

ކޮމެންޓް