ބިން ނުހިއްކާ އެެއާޕޯޓްވެސް އެޅިދާނެ: ނަޝީދު

21 Mar 2021 | 21:17

ބިން ހިއްކުމަކާއި ނުލާ ރާއްޖޭގައި އެއާޕޯޓް އެޅިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި ޕަބްލިކް ފޯރަމްގައި ރައީސް ނަޝީދު ވިދާޅުވީ، މޫދުގައި ދިރިއުޅެވޭ ގޮތްތައް ހަމަޖެހިފައިވާ އެތައް ޓެކްނޮލޮޖީއެއް މިހާރު ދުނިޔޭގައި އެބަހުރި ކަމަށެވެ.

އެފަދައިން ބަނދަރު ހެދުމާއި، ފަރުގެ ކަންތައްތަކާއި މޫދުގައި ދިރިއުޅެވޭނެ އެތައް ގޮތްތައް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.

އެއްވެސް ތަނަކާ ނުބެހި، ދިރިއުޅެވެންވެސް އެބައޮތްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، މިފަދަ ކަންކަމުގައި ބިރުގަނެގެން ނުވާނެ ކަމަށެވެ. އަދި ހަމައެކަނި އެނގޭ ކަންތަކަކީ، ހަމައެކަނި ކުރާ ކަންތައް ގޮތުގައި ބަލައިގެން ތިބެންޏާ ރާއްޖެ އާއި ދުނިޔެވެސް ސަލާމަތް ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް