ވޮލީބޯލް އެސޯސިއޭޝަންގެ އިންތިޚާބަށް ސަރުކާރުގެ ނުފޫޒު، ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރުދެނީ!

01 Apr 2021 | 10:52

ވޮލީބޯލް އެސޯސިއޭޝަންގެ އިންތިޚާބަށް ސަރުކާރުން ނުފޫޒު ފޯރުވައި، ވަކި މީހަކަށް ވޯޓު ނުދީފިނަމަ، ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.

އިތުބާރު ހުރި މަސްދަރަކުން، "ވޮއިސް"އަށް މަޢުލޫމާތު ދިން ގޮތުގައި، މާދަމާ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި، ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމަށް ވަކި މީހެއް ހޮވުމަށް އަންގައި، ވޯޓު ނުދީފިނަމަ، ވަޒީފާއިން ވަކި ކުރާނެ ކަމުގެ އިންޒާރު ދެއްވީ ސީދާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއެވެ.

ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ކުރިމަތިލާފައިވާ ފަޒްނާގެ އަރިސް މީހަކީ 1970ގެ އަހަރުތަކުގައި ވޮލީ ކުޅެން އުޅުނު މީހެއް ނަމަވެސް، އޭނާ އަކީ އެހާ ހުނަރުވެރި، އަދި މަޤާމަށް އެންމެ ގާބިލު މީހާ ނޫން ކަމަށް ވޮއިސްއާ ވާހަކަ ދެއްކި ފަރާތުން ބުންޏެވެ.

ފަސްޓްލޭޑީ ފަޒްނާގެ އަރިސް މީހާގެ ކެންޑިޑެސީވެސް ހުށަހެޅީ އެކަމަށް ކަނޑައެެޅިފައި އޮތް ވަގުތު ހަމަވުމުންނެވެ. އެގޮތުން އިއްޔެ 12:00ގައި އެ ވަގުތު ހަމަވިއިރު، އޭނާގެ ކެންޑިޑެސީ ހުށަހެޅީ، 12:10ހާއިރުއެވެ. އެއީ އޮންނަ އުސޫލާއި ޚިލާފަށް ކުރި ކަމެެކެވެ.

މި މައްސަލައިގައި ކޯޓަށް ދާނެ ކަަމަށްވެސް "ވޮއިސް"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.

ރައީސް ނަޝީދު މިހަފްތާގެ މަޖިލިސް ޖަލްސާގައިވެސް ވަނީ މި އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ވިދާޅުވެފައެވެ. 

Advertisement

ކޮމެންޓް