ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 93 މީހުން!

11 Apr 2021 | 22:27

ދިވެހިރާއްޖެއިން އިތުރު 93 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 93 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 50 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 21 މީހަކާއި، އަދި ރިސޯޓްތަކުން ޕޮޒިޓިވްވި 22 މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 25،617 އަށް އަރާފައެވެ. މީގެ ތެރެއިން 72 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 22،551 އަށް އަރާފައެވެ.

ކޮމެންޓް