މެގްނަމް ޕުޑިން
ލައިފްސްޓައިލް
16 Jan 2026 | 08:53
މިއަދު މިއޮތީ ތަފާތު ވައްތަރެއްގެ މެގްނަމް ޕުޑިން އެއްްގެ ރެސިޕީ

މެގްނަމްޕުޑިން އަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ މީރު އެއްޗަކަށްވާއިރު، ހުކުރު ދުވަހާއި އެކިއެކި ހަފްލާ ތަކުގައި ކާލަންވެސް މީހުން އެ ތައްޔާރުކޮށް އުޅެއެވެ. މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޕާނުން ތަފާތު ގޮތަކަށް މެގްނަމް ޕުޑިން ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީއެވެ.

މެގްނަމް ޕުޑިންއަށް ބޭނުންވާ ތަކެތި

1 ފުލްކްރީމް މިލްކް ޕެކެޓް (ބޮޑު) 

1 ދަޅު ގެރިކިރު

3 ބިސް

10ގ އަންސޯލްޓެޑް ބަޓާ

2 މޭޒުމަތީ ސަމުސާކޯން ފްލާ

12 ޕާން (ޓޯސްޓް ކޮށްފައި) 

1 ސައި ސަމުސާ ވެނީލާ އެސެންސް

ހަކުރު ސިރަޕް

5 މޭޒުމަތީ ސަމުސާ ހަކުރު

10ގ އަންސޯލްޓެޑް ބަޓާ

ޓޮޕިންގްސް

1 ނެސްލޭ ކްރީމް ދަޅު

1 ޖޯޑު މެލްޑެޓް ޗޮކޮލެޓް

2 މޭޒުމަތީ ސަމުސާ ގެރިކިރު

ތައްޔާރުކުރާނެ ގޮތް

1) މެގްނަމްޕުޑިން ތައްޔާރު ކުރުމަށް، ޕާން ނޫން ދެން ހުރި ހުރިހާ ތަކެތި މިކްސްސަރަށް އަޅައިގެން ރަނގަޅަށް މިކްސް ކޮށްލާށެވެ. ފުލްކްރީމް މިލްކު ޕެކެޓްގެ އަޅާނީ އެއްބަޔެެވެ.

2) ދެން ބާކީ ކިރާއި މިކްސް ކުރި އެއްޗެހި ތެއްޔަކަށް އަޅައި މެދު ގިނީގައި ރަނގަޅަށް ހަލުވަމުން އޮލަވަންދެން ކައްކާލާށެވެ.

3) ދެން ހަކުރު މެލްޓް ކޮށްލުމަށްފަހު ބަޓަރު އަޅައިގެން ހަކުރު ސިރަޕް ތައްޔާރުކޮށްލާށެވެ. 

4) އެއަށްފަހު، ޓެރޭގައި ގާތްގަނޑަކަށް 6 ޕާންފޮތި އަތުރާލުމަށްފަހު އޭގެ މައްޗަށް ހަކުރު ސިރަޕް އަޅާލުމަށްފަހު މަތީގައި ޕުޑިން ލެޔާއެއް ހަދާލާށެވެ. އަނެއްކާވެސް މިގޮތަށް އަނެއް ލެޔާ ހަދާލުމަށްފަހު 2 ގަޑިއިރު ވަންދެން ފިނި ކޮށްލާށެވެ. 

5) ދެން ޓޮޕިންގްސް ހެދުމަށް ބޭނުންވާ ހުރިހާ ތަކެތި ހެންޑް މިކްސްސަރަކުން މިކްސް ކޮށްލުމަށްފަހު ފިނިކުރި ޕުޑިންގ ގެ މަތީގައި އަތުރާލާށެވެ. 

ރަނގަޅަށް ފިނި ކޮށްލައިގެން ކާލަން މިއީ ވަރަށް މީރު ފޮނި އެއްޗެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ