ޒިނޭއަކީ ކުށެއް ނޫންކަމުގައި އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމައިފި

27 Sep 2018 | 21:46

ކައިވެނިނުކޮށް ހިންގާ ޖިންސީ ގުޅުންތައް ނުވަތަ ޒިނޭއަކީ ގާނޫނީ ކުށެއް ނޫންކަމުގައި އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ. 

އިންޑީއާގެ ޕީނަލް ކޯޑުގެ ސެކްޝަން 497 ގެދަށުން ޒިނޭ ކުރިކަން ސާބިތުވެއްޖެނަމަ އެމީހަކަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވިދާނެއެވެ. 

މި ސެކްޝަނުގައި ބަޔާންކުރާގޮތުން ޒިނޭއަކީ ކައިވެނި ނުކުރާ ފިރިހެނަކު ކައިވެނިކޮށްގެންހުރި އަންހެނަކާއެކު ހިންގާ ޖިންސީ ގުޅުމެވެ.

މިހާތަނައް އަންހެނުންނާއި އިންސާނި ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި ޖަމިއްޔާތަކުންއައީ އިންޑިއަން ޕީނަލް ކޯޑުގެ ސެކްޝަން 497 އަށް ވަރަށް ބޮޑަށް ފާޑުކިޔާމުންނެވެ. 

މި ސެކްޝަން އުވާލުމާ ގުޅިގެން އިންޑިއާގެ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އެކަމާ އުފާ ފާޅުކޮށް ސުޕްރީމް ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔަމުންނެވެ.

158 އަހަރުވީ މި ސެކްޝަން އުވާލަމުން އިންޑީއާގެ ސްޕްރީމް ކޯޓުން ބުނެފައިވަނީ އެ ސެކްޝަނަކީ ގާނޫނު އަސާސީއާއި ހިލާފު އަދި ކޮލޯނިއަލް ޒަމާނަށް ނިސްބަތްވާ ސެކްޝަނެއްކަމުގައެވެ.

Advertisement

ކޮމެންޓް