މަޖިލިސް އިންތިހާބުގައި ދެޕާޓީގެ ރުހުން ލިބުނު ކެނޑިޑޭޓަކަށް ރިޔާޒް ރަޝީދު

19 Dec 2018 | 06:46

އަންނައަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ދެޕާޓީ ގެ ރުހުން ލިބުނު ކެނޑިޑޭޓަކަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވެއްޖެއެވެ.

ޕީޕީއެމް އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ރައީސް ޔަމީން ވަނީ އެމަނިކުފާނާއި ޕީޕީއެމަށް ތާއީދުކުރާ ފަރާތްތަކުން މަޖިލިސް އިންތިހާބުގެ ވިލުފުށީ ދާއިރާގެ ގޮނޑިއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިމަތިލުމަށް ނިންމަވާފައިވާ ރިޔާޒް ރަޝީދަށް ވޯޓު ދިނުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށް ވިދާޅުވެފައެވެ. އޭގެ އިތުރުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވެސް ވަނީ އެފަދައިން ވިދާޅުވެ ޓުވީޓު ކުރައްވާފައެވެ.

އެހެންކަމުން މިއީ ވެރިކަން ކުރާ ކޯލިޝަންގެ މެންބަރަކަށް އިދިކޮޅު ޕީޕީއެމް އިން ތާއިދުކުރި ފުރަތަމަ ކެނޑިޑޭޓްކަން ފާހަގަކޮށްލަންޖެހެއެވެ.

ރިޔާޒް ރަޝީދުވަނީ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރުމުން ޕީޕީއެމް އިން ބޭއްވި އަޑުއުފުލުންތަކުގައި ބައިވެރިވެފައިއެވެ. އަދި އެ މައްސަލަ މިހާރު އަންނަނީ އޭނާ ނިސްބަތް ވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީން ބަލަމުންނެވެ.

ރިޔާޒް ރަޝީދަކީ ނިމިދިޔަ ރައީސް ޔާމީން ސަރުކާރުގައި އެމަނިކުފާނުގެ ދިފާއުގައި އެންމެ ގަދައަށް އަޑު އުފުލަމުނެ ގެންދެވި މެންބަރުންގެތެރެއިން ހިމެނި ވަޑައިގަންނަވާ ބޭފުޅެކެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމުން ވަކިވަޑައިގެން ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި މިހާރު ހުންނެވި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދަކީ އޭނާ ގަބޫލުކުރާ ކަންތައްތަކުގައި ވަރަށް ސާބިތުކަމާއެކު ހުރެ ނަތީޖާ ނެރެދޭ ބޭފުޅެއްކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

"ރިޔާޒް އަޅުގަނޑަށް ވިސްނައިދެއްވީ ދާއިރާއަށް ހޮވޭނެ ރަނގަޅު ފުރުސަތެއް އޮތީ ޖުމްހޫރީ ޕާޓީއަށް ވަޑައިގެންނެވުމުންނޭ. އެވާހަކަ އަޅުގަނޑު ގަބޫލުކުރިން، ރިޔާޒަކީ އޭނާ ގަބޫލުކުރާ ކަންތައްތަކުގައި ވަރަށް ސާބިތުކަމާއެކު ހުރެ ނަތީޖާ ނެރެދޭ ބޭފުޅެއް،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރިޔާޒް ރަޝީދަކީ ރައީސް ޔާމީންއަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ކުރިމަތިމި ނާކާމިޔާބީއާއެކު އެންމެ ފުރަތަމަ ކޮޅު ބަދަލުކުރެއްވި މެންބަރުކަންވެސް ފާހަގަކޮށްލަންޖެހެއެވެ. ރިޔާޒް ވަނީ ޕީޕީއެމްގެ ލީޑަރ ސިޕްގެ އިސްތިފުފާއަށް ގޮވައި އިންތިހާބުގެ ނާކަމިޔާބީގެ ޒިންމާ ނެގުމަށް ޕާޓީގެ ލީޑާޝިޕަށް ގޮވާލާފައެވެ.

Advertisement

ކޮމެންޓް