އުތުރުތިލަފަޅު އެއްބަސްވުން ސިއްރު ކުރީ ޤާނޫނީ އިޖުރާއަތްތަކާ ޚިލާފަށް: ޑރ.އަޙްމަދު ޢަބްދުﷲ ދީދީ

21 Apr 2021 | 13:06

ދިވެހި ސަރުކާރުން އުތުރުތިލަފަޅުގެ އެއްބަސްވުން ސިއްރު ކުރީ ޤާނޫނީ އިޖުރާއަތްތަކާއި ޚިލާފަށް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއިއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް ބުނެފައިވާ ކަމަށް ލީކުކޮށްލި އެއްބަސްވުމުގެ ދެލިކޮޕީގައި ވެއެވެ.

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ލީކްކޮށްލި އެއްބަސްވުން ބުނާ ގޮތުގައި އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުން ރާއްޖެ އަށް މަޖުބޫރެވެ. އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެ ކަމަށް އެއްބަސްވުމުގައި ބުނެފައި އެބައޮތެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، ހާމަ ކުރަން ޖެހޭ ކަންކަން ރައްޔިތުންނަށް ހާމަކޮށްފައިވާ ކަމަށެވެ. އެގޮތުން ރައީސް އޮފީހުގައި އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙު ވިދާޅުވެފައިވަނީ، ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ، އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން އަރުވާ ކަަމަށެވެ.

Advertisement

ކޮމެންޓް