ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 164 މީހުން!

22 Apr 2021 | 22:31

ދިވެހިރާއްޖެއިން މިއަދު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 164 އަށް އަރައިފިއެވެ.

އެޗް.ޕީ.އޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް މިބައްޔަށް 164 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 67 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 68 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 24 މީހަކާއި އަދި ރިސޯޓް ތަރައްގީކުރަމުންދާ ރަށްރަށުން ޕޮޒިޓިވްވި 03 މީހެއްގެ އިތުރުން ސިނާއީ ރަށްތަކުން ޕޮޒިޓިވްވި ދެ މީހަކު ހިމެނެއެވެ.

މިއާއެކު މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 27،084 އަށް އަރާފައެވެ. މީގެ ތެރެއިން 90 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 24،065 އަށް އަރާފައެވެ.

Advertisement

ކޮމެންޓް

Advertisement