ވަޓްސްއެޕް
ދުނިޔެ
02 Jul 2026 | 14:45
ޔޫޒާނޭމް ބޭނުންކޮށްގެން ވަޓްސްއަޕްއިން މުޢާމަލާތްކުރެވޭ ފީޗަރ ނެރުން މަޑުޖައްސާލުމަށް އިންޑިއާއިން އެދިއްޖެ

ފޯނު ނަމްބަރު ހާމަނުކޮށް ޔޫޒަރނޭމް ބޭނުންކޮށްގެން މުއާމަލާތް ކުރެވޭ ގޮތަށް ތައާރަފްކުރަން އުޅޭ އާ ފީޗަރ ނެރުން މަޑުޖައްސާލުމަށް އިންޑިއާ ސަރުކާރުން މެޓާ ކުންފުނީގެ ވަޓްސްއަޕަށް އަންގައިފިއެވެ. 

މިފަދައިން އަންގާފައިވަނީ މި ފީޗަރގެ ސަބަބުން އޮންލައިން ފްރޯޑާއި ފިޝިންގް ފަދަ ސައިބަރ ކުށްތައް އިތުރުވެދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ބުނެފައިވެއެވެ.

އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީން މިދިޔަ ބުދަ ދުވަހު ވަޓްސްއަޕަށް ފޮނުވި ނޯޓިސްއެއްގައި ބުނެފައިވަނީ، ކުށްވެރިން އެމީހުންގެ އަސްލު ފޯނު ނަމްބަރު ފޮރުވައިގެން މީހުންނަށް އޮޅުވާލުމުގެ ފުރުސަތު މި ފީޗަރގެ ސަބަބުން ބޮޑުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކާއި، މާލީ މުއައްސަސާތަކުގެ ނަމުގައި ފޭކް ޔޫޒަރނޭމްތައް ހަދައިގެން އޮޅުވާލުމުގެ ފުރުސަތު އޮތް ކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ވަޓްސްއަޕުން ބުނެފައިވަނީ މި ފީޗަރ އަދި އާންމުކޮށް ދޫކޮށްލާފައި ނުވާ ކަމަށާއި، މީހުންގެ ނަމުގައި އޮޅުވާލައިގެން އެކައުންޓް ހެދުން ހުއްޓުވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ. މީގެ ތެރޭގައި މަޝްހޫރު ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކުގެ ނަންތައް ރިޒާވްކުރުން ހިމެނެއެވެ. އަދި އައު މީހަކު މެސެޖު ކުރުމުން އެއީ ކޮން ފަދަ އެކައުންޓެއްކަން އަންގައިދޭ މައުލޫމާތު ލިބޭނެ ގޮތް ހަދާފައިވާނެ ކަމަށްވެސް މެޓާއިން ބުނެއެވެ.

އިންޑިއާއަކީ ވަޓްސްއަޕްގެ އެންމެ ބޮޑު މާކެޓެވެ. އެ ގައުމުގައި 850 މިލިއަނަށްވުރެ ގިނަ މީހުން ވަޓްސްއަޕް ބޭނުންކުރެއެވެ. އިންޑިއާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު އެކަނިވެސް 102,000 އަށްވުރެ ގިނަ ސައިބަރ ކުށްތައް ރިޕޯޓްކޮށްފައިވާއިރު، މީގެ ތެރެއިން ގިނައީ އޮންލައިންކޮށް ފައިސާގެ މުއާމަލާތްތަކުގައި އޮޅުވާލުމުގެ މައްސަލަތަކެވެ.

ނަމަވެސް، ޑިޖިޓަލް ރައިޓްސް ޖަމްއިއްޔާއެއް ކަމަށްވާ 'އިންޓަނެޓް ފްރީޑަމް ފައުންޑޭޝަން' އިން ވަނީ ސަރުކާރުގެ މި ނިންމުމަށް ފާޑުކިޔާފައެވެ. އެ ޖަމްއިއްޔާއިން ބުނާގޮތުގައި ކުންފުންޏަކުން ތައާރަފްކުރާ ފީޗަރތައް ހުއްޓުވުމުގެ ގާނޫނީ ބާރު ސަރުކާރަށް ލިބިގެން ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.