ހުޅުދުއްފާރުން ބަޔަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިންއަށް ލައިފި

09 May 2021 | 21:48

ރ. ހުޅުދުއްފާރުން ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެރަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މޮނިޓަރިންއަށް ލައިފިއެވެ.

އެރަށް މޮނިޓަރިންއަށް ލާފައިވާއިރު، ބުރާސްފަތި ދުވަހު އެރަށުން ވަނީ ސްކޫލު ދަރިވަރަކު ޕޮޒިޓިވް ވެފައެވެ. އެ ދަރިވަރަކީ ރޯގާޖެހިގެން ފުލޫ ކުލިނިކަށް ދެއްކި ކުއްޖެކެވެ. މި ކުއްޖާގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމުން އެކުއްޖާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާތީ، ގޭގައި އެކަހެރި ކުރެވުނުކަމަށް އެރަށުން މަޢުލޫމާތުދިނެވެ.

އަދި އެދަރިވަރާއި ޑައިރެކްޓް ކޮންޓެކްޓްވި އިތުރު މީހަކާއި ފުލޫ ކްލިނިކަށް ދެއްކި އިތުރު 2 މީހަކު ޓެސްޓް ކުރިއިރު ވަނީ ޕޮޒިޓިވް ވެފައެވެ.

ރ. އުނގޫފާރުން ފެނުނު ކޮވިޑް-19 ގެ ކްލަސްޓާއާއި ގުޅިގެން މީގެ ކުރިންވެސް ވަނީ އެރަށުން ބަޔަކު ޕޮޒިޓިވްވެ މޮނިޓަރިންއަށް ލާފައެވެ. ނަމަވެސް ފަހުން އިތުރު ޕޮޒިޓިވް ކޭސްއެއް ފެނިފައިނުވާތީ އެރަށް މޮނިޓަރިންއިން ނެގިއެވެ.  

Advertisement

ކޮމެންޓް