ކޮވިޑްގެ ބަލިމީހުންނަށް ބޭނުންވާ ބޭސްދަތިނުވެ ލިބޭނެ: ނަސީމް

24 Jun 2021 | 08:12

ކޮވިޑް-19 އާއި ގުޅިގެން ބަލިމީހުންނަސް ބޭނުންވާ ބޭސް ދަތިނުވެ ލިބޭނެ މިންވަރަށް ސްޓޮކުގައި އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ނަސީމް މިހެން ވިދާޅުވެފައިވަނީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް ލިޔުމުން ޖަވާބު ހޯދަން ބޭނުންވި ސުވާލަކަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ

އެގޮތުން މެންބަރު ހައިތަމް ސުވާލު ކުރައްވާފައިވަނީ ކޮވިޑް -19 ފެތުރެމުންދާ މިދަނޑިވަޅު ބައްޔަށް ފަރުވާ ދެވޭނެ ޞިއްޙީ ދާއިރާގެ ޕްރޮފެޝަނަލް މީހުން އެކަށީގެންވާ ވަރަށް އެބަތިބިތޯއެވެ. އަދި އެކަށީގެންވާ ވަރަށް އޮކްސިޖަން އެބަ ހުރިތޯ އާއި ބަލިމީހުންނަށް ބޭނުންވާ ބޭސް އެކަށީގެންވާ ވަރަށް އެބަހުރިތޯއެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އާންމު ފަރުވާއާއި ކޮވިޑްގެ ފަރުވާއަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތެރިންގެ ގޮތުގައި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 214، އައިޖީއެމްއެޗް ގައި 98 އަދި ހުޅުމާލެ ހޮސްޕިޓަލްގައި 262 ޞިއްޙީ ޚިދުމަތްތެރިން މަސައްކަތް ކުރަމުންދާ ކަމަށާއި މިވަގުތަށް ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް އާންމުކޮށް ބޭނުންކުރަމުންދާ ބޭސް ދަތިނުވެ ލިބޭނެ މިންބަރަށް ސްޓޮކު އެބަހުރި ކަމަށެވެ.

މީގެ އިތުރުން ކޮވިޑް ބަލިމީހުންނަށް ފަރުވާއަށް ދަތިނުވެ ލިބޭނެގޮތްތައް އެސްޓީއޯ އާއި ގުޅިގެން ހޯދުމުގެ މަސައްކަތްތައް އަބަދުވެސް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ދޭދޭ ޤައުމުތަކުގައި އެހީދޭ ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި ގުޅިގެން ފަރުވާއަށް އާންމުކޮށް ބޭނުންވާ ބޭހާއި އިތުރު ތަކެތި ހޯދުމުގެ މަސައްކަތް އަބަދުވެސް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް

Advertisement