މިރޭ ހިނގި އަލިފާނުގެ ހާދިސާގެ ތެރެއިން... ފޮޓޯ: އެންޑީއެމްއޭ
ހަބަރު
18 Mar 2026 | 23:46
އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިހާބުގެ މަސައްކަތްތައް ނުހުއްޓޭނެ: ޒާހިދު

އިއްޒުއްދީން މަގުގައި ހުންނަ ގޯޑައުންގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން އިންތިހާބުގެ މަސައްކަތްތައް ހުއްޓުމަކަށް ނާންނާނޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

މިރޭ އަލިފާނުގެ ހާދިސާ ހިނގި އެ ގޯޑައުން ހުންނަނީ އިންތިހާބާ ބެހޭ މަރުކަޒު ކައިރީގައެވެ. އަލިފާނުގެ ހާދިސާ އާ ގުޅިގެން މިރޭ އެތަން ވަނީ ހުސްކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޕަބްލިކް ސާވިސް މީޑިއާ އާ ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، އަލިފާނުގެ ހާދިސާ އާ ގުޅިގެން ކުރިއަށްއޮތް އިންތިހާބުތަކުގެ މަސައްކަތްތަކަށް ބުރުލެއް ނާރައި އެ މަސައްކަތް ކުރިއަށްދާނޭކަމަށެވެ.

ޒާހިދު ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ތަނުގެ ކައިރީހުރި އިންތިހާބާ ބެހޭ މަރުކަޒުގައި ހުރި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު އެހެން ތަނަކަށް ބަދަލުކުރެވިފައިވާކަމަށެވެ. އެހެންކަމުން ކުރިންވެސް ކަނޑައަޅާފައިވާ ތާރީހަށް އިންތިހާބު ބޭއްވުމުގައި އެއްވެސް ކަހަލަ މައްސަލައެއް ކުރިމަތިވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އަންނަ އޭޕްރިލްމަހުގެ 4 ވަނަ ދުވަހު 3 އިންތިހާބެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، ރައްޔިތުން މަޖިލީހުގެ އިންތިހާބާއި، ރިޔާސީ އިންތިހާބުގެ ވޯޓު އެއްދުވަހެއްގައި ނަގަން ފެނޭތޯ ބެލުމަށް ނަގާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެވެ.

މި ތިން އިންތިހާބަށްވެސް އިލެކްޝަންސް ކޮމިޝަނުން އަންނަނީ އެންމެފަހުގެ ތައްޔާރީތައް ވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
ސޯސަންމަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް ވަރަށް އަނިޔާވެއްޖެ
21 Sep 2026
ދިއްދޫ ބަލިކޮށް ބިސްބުރަށް ފުރަތަމަ ފަހަރަށް މޮޅެއް
މި މެޗަށްފަހު އިންޓަނޭޝަނަލް ބްރޭކާ ގުޅިގެން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިހާރު ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ލީގުގެ ކުޅުން ދެން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުއެވެ
20 Sep 2026
ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗްތަކަށް ރާއްޖޭގެ ޤައުމީ ޓީމް ފުރައިފި
މި އެކުވެރިކަމުގެ މެޗުތަކަކީ އަންނަ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ތާވަލުކުރެވިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކެކެވެ.
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.