ކުޅިވަރު
24 Aug 2022 | 00:00
ޕްރިމިއާ ލީގް: ލިވަޕޫލް ބަލިކޮށް ޔުނައިޓެޑުން އަސްލު ސޫރަ ދައްކާލައިފި

ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ވާދަވެރި ލިވަޕޫލް ބަލިކޮށް އަސްލު ސޫރަ ދައްކާލައިފިއެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވުމުން އެ ޓީމަށް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އަމިއްލަ ދަނޑުގައި މިރޭ ލިވަޕޫލް ބަލިކުރީ 1-2 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ޔުނައިޓެޑުން ފަށާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ފުރަތަމަ 20 މިނަޓުގައި މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނީ ޔުނުއިޓެޑުންނެވެ. މި މެޗުގައި ޔުނައިޓެޑުގެ ފުރަތަމަ ގޯލު މެޗުގެ 16 ވަނަ މިނަޓުގައި ކާމިޔާބު ކޮށްދިނީ ޖޭޑަން ސަންޗޯއެވެ.

ނަމަވެސް ޔުނައިޓެޑުގެ ގޯލާއި އެކު ލިވަޕޫލުން ވަނީ މެޗުގެ އޮއެވަރު ބަދަލުކޮށްލާ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ޔުނައިޓެޑުގެ ޑިފެންސް ލައިނުން މި މެޗުގައި ފެނިގެން ގޮސްފައިވަނީ މޮޅު ކުޅުމެކެވެ. އެގޮތުން އެ ޓީމަށް އަލަށް ގުޅުނު ލިސާންޑްރޯ މާޓިނޭޒްގެ ކުޅުން ފާހަގަ ކޮށްލެވެއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 0-1 އިން ޔުނައިޓެޑު ކުރީގަ އޮވެގެންނެވެ. ލިވަޕޫލުން ދެވަނަ ހާފުވެސް ފެށީ ވަރުގަދަ ކޮށެވެ. ނަމަވެސް އެ ޓީމަށް ގޯލެއް ކާމިޔާބު ކުރެވުމުގެ ކުރިން މެޗުގެ 53 ވަނަ މިނަޓުގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ލީޑު ފުޅާ ކޮށްދީފައެވެ. މެޗުގައި ލިވަޕޫލުން ޖެހި ހަމަ އެކަނި ގޯލު ފެނިގެން ގޮސްފައިވަނީ މެޗުގެ 81 ވަނަ މިނަޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ޞަލާހެވެ.

ލީގުގެ ފުރަތަމަ ދެމެޗުން ބަލިވުމާއި އެކު މި މެޗަށް ޔުނައިޓެޑުން ނުކުތީ ގިނަ ބަދަލުތަކަކާއި އެކުއެވެ. އެގޮތުން ކޯޗު ޓެން ހާގު ވަނީ ކެޕްޓަން ހެރީ މެގުއާ ގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯވެސް ފުރަތަމަ އެގާރައިން އުނިކޮށްފައެވެ.

ލިވަޕޫލުން އަދި ޕްރިމިއާ ލީގުގެ މި ސީޒަނުގައި މެޗަކުން މޮޅުވެފައި ނުވާއިރު މިއީ ފަހުގެ ތާރީހެއްގައި އެ ޓީމުން އެންމެ ދައްކޮށް ލީގު ފެށި ފަހަރެވެ.

ޕްރިމިއާ ލީގުގައި ދެން ޔުނައިޓެޑުން މި މަހުގެ 27 ވަނަ ދުވަހު ސައުތަމްޓަންއާއި ދެކޮޅަށް ނުކުންނަ އިރު ލިވަޕޫލުން ހަމަ އެދުވަހު ނިކުންނާނީ ބޯންމައުތާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.