ހަބަރު
24 Aug 2022 | 11:01
ޖިންސީ ގޯނާ ކުރި މައްސަލައިގައި ހަވަރަށް ދިން ޓީޗަރު ހުރީ ސަސްޕެންޑް ކޮށްފައި: އެޑިއުކޭޝަން މިނިސްޓްރީ

ގާޒީ ސްކޫލުގެ ގްރޭޑް ހަތެއްގައި ކިޔަވަމުންދާ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހަވަރަށް ދިން ޓީޗަރު ހުރީ އެ މައްސަލައިގައި ސަސްޕެންޑް ކޮޮށްފައި ކަމަށް އެޑުއިކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

މި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ ޓިއުޝަން ދިނުމަށް ކަމަށް ބުނެ ޓީޗަރުގެ ގެއަށް ގެންގޮސް ބަދު އަހުލާގީ މަންޒަރު ފެންނަ ވީޑިއޯއެއް ދެއްކި މައްސަލައެއް އެ މިނިސްޓްރީއަށް މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު ވަނީ ސްކޫލަށް ހާޒިރު ނުވެވޭ ގޮތަށް ސަސްޕެންޑްކޮށް ފުލުހުންނަށް މައްސަލަ ރިޕޯޓު ކޮށްފައިވާނެ ކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިރޭ ގާޒީ ސްކޫލުގެ ޓީޗަރަކު ހަވަރަށް ދީފައިވަނީ އެ ސްކޫލުގެ ގްރޭޑު 7 ގައި ކިޔަވަމުން އަންނަ ފިރިހެން ދަރިވަރަކަށް ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯ ތަކެއް ދައްކައި ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ އާއިލާ އަދި އާންމުން ނިކުމެފައެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހަކަށް ބަޔަކު އަނިޔާކުރާ ކަމުގެ ރިޕޯޓެއް ލިބުމާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް އެކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު 29 އަހަރުގެ ދިވެހި ފިރިހެން މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލައިގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 15 ވަނަ ދުވަހުގައި ކަމަސް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް މިހާތަނަށް އޭނާ ހައްޔަރުނުކޮށް ވަނީ ކީއްވެކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.