ކުޅިވަރު
28 Aug 2022 | 01:50
ޔުނައިޓެޑުން މެގުއާ ވިއްކާލާކަށް ބޭނުމެއް ނުވޭ

މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ހެރީ މެގުއާ ވިއްކާލަން އެ ޓީމުން ބޭނުން ނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މެގުއާ ޔުނައިޓެޑު ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ގަަދަވާން ފަށައިފައި ވަނީ ޗެލްސީއިން ލެސްޓާ ސިޓީގެ ޑިފެންޑަރ ވެސްލީ ފޮފާނާ ނުގެނެވިއްޖެ ހާލަތެއްގައި މެގުއާ ގެންދިއުމަށް މަސައްކަތް ކޮށްފާނެ ކަމަށް ރިޕޯޓު ތަކުން ބުނުމާއި އެކުގައެވެ. ލެސްޓާ އިން ވަނީ މިހާތަނަށް ޗެލްސީއިން ފޮފާނާ ގަތުމަށް ކުރި ތިން ބިޑުވެސް އަނބުރާ ފޮނުވާލާފައެވެ.

ނަމަވެސް ޔުނައިޓެޑުން އެ ޓީމުގެ ކެޕްޓަން ވިއްކާލަން ބޭނުން ނުވާ ކަމަށާއި ޗެލްސީއިން މިހާތަނަށް މެގުއާ ގަތުމަށް ޔުނައިޓެޑާއި މަޝްވަރާ ކޮށްފައިނުވާ ކަމަށް ރިޕޯޓުތައް ބުނެފައިވެއެވެ. ބެލެވޭ ގޮތުގައި ޗެލްސީއިން ފޮފާނާ ގަތުމަށް އިތުރު ބިޑެއް ލެސްޓާއަށް ހުށަހަޅާނެއެވެ.

ފާހަގަ ކޮށްލެވޭ ގޮތުގައި ޔުނައިޓެޑުގެ ކެޕްޓަން ކަމުގައި ވީނަމަވެސް އެންމެ ފަހުން އެ ޓީމުން ލިވަޕޫލް ބަލިކުރި މެޗުގައި ކޯޗު ޓެން ހާގު ވަނީ މެގުއާ ފުރަތަމަ އެގާރައިން އުނިކޮށްފައެވެ. އަދި އެ މެޗުގައި މެގުއާ ނުލާ ޔުނައިޓެޑުގެ ޑިފެންސް ލައިނުން މޮޅު ކުޅުމެއް ދައްކާފައިވާއިރު ދެން މެގުއާ އަށް ދެން ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށް އުނދަގޫ ވާނެ ކަމަށް ބެލެވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޕްރިމިއާ ލީގުގައި ދެން ޔުނައިޓެޑުން އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ވެސް މެގުއާ ފުރަތަމަ އެގާރައިގައި ނުހިމެނޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.