ކުޅިވަރު
28 Aug 2022 | 01:52
ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަންގައި ސަސް އިން ބުރު ބަލިކޮށްފި

ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅެވުނު މި މެޗުގައި ސަސް އިން ބުރު ބަލިކޮށްފައިވަނީ 0-2 ގެ ނަތީޖާއަކުންނެވެ. ސަސް އިން މެޗު ފަށައިފައިވަނީ ވަރުގަދަކޮށެވެ. އެގޮތުން ފުރަތަމަ ވިހި މިނަޓުގައި ބޯޅަ ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ސަސް އިންނެވެ. ނަމަވެސް އޭގެ ފަހުން ބުރުން ވަނީ މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ ސަސް އަށް މާބޮޑު ކޮންޓްރޯލެއް ނުދީ ހަމަލާތައް އުފައްދަން ފަށާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ޑިފެންޑަރުންގެ ހުށިޔާރު ކުޅުމާއި އެކު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ސަސް އިން ދެވަނަ ހާފަށް ނުކުތީ ވެސް މެޗު ފެށި ގޮތަށެވެ. އެގޮތުން ދެވަނަ ހާފުގެ ހަަތަރުވަނަ މިނަޓުގައި ސަސްއިން ވަނީ މެޗުގެ ފުރަތަމަ ގޯލު ޖަހާ ލީޑު ނަގާފައެވެ. މި ގޯލު ސަސް އަށް ކާމިޔާބު ކޮށްދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. އެއަށްފަހު ބުރުގެ ހުނަރުވެރި ފޯވާޑު ތަޝްމީން ވަނީ ހިލޭ ޖެހުމަކުން ސަސްގެ ގޯލުގެ ހުރަސް ދަނޑީގައި ވެސް ޖަހައިފައެވެ.

އެއަށްފަހު ވެސް ބުރުން ވަނީ ފުރުސަތު ތަކެއް އުފައްދާ މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ބުރަށް ނަތީޖާ އެއްވަރު ނުކުރެވި ސަސް އިން ދެވެނަ ގޯލެއް ޖެހީ މެޗުގެ އިތުރުވަގުތުގެ ފަހު ސިކުންތު ކޮޅުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އައިހަމް އަހުމަދު (އައިހު) އެވެ.

އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވުމަށް ކުޅެވޭ ކޮލިފިކޭޝަންގައި ބުރު އަދި ސަސްގެ އިތުރުން ދެން ވާދަކުރަނީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ދެ ވަނަ ޑިވިޝަންގެ ރަނަރަޕް ކްލަބް ޓީނޭޖް އެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.