ކުޅިވަރު
25 Aug 2022 | 01:56
މި ސީޒަނުގެ ޗެމްޕިއަންސް ލީގް ގްރޫޕް ސްޓޭޖްގެ ގުރުއަތުލުން މިރޭ

މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގް ގްރޫޕު ސްޓޭޖްގެ ގުރުއަތުލުން މިރޭ ރާއްޖެ ގަޑިން 9:00 ގައި އޮންނާނެއެވެ.

ތުރުކިޔޭގެ ވެރި ރަށް އިސްތަންބޫލުގައި މިރޭ ބާއްވާ ޔޫރަޕުގެ އެންމެ ޝަރަފުވެރި ކްލަބު ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުމުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އަދި މިސީޒަނުގެ މުބާރާތަށް ކޮލިފައިވި އިތުރު 31 ޓީމު ބައިވެރި ވާނެއެވެ. ޗެމްޕިއަންސް ލީގު ގުރުއަތު ލުމުގެ ހަފްލާގައި ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިންވެސް ފެނިގެންދާނެއެވެ. އެގޮތުން މިރޭގެ ހަފްލާގައި އިޓަލީގެ ލެޖެންޑަރީ ދެ ޑިފެންޑަރުން ކަމަށްވާ ހަވިއޭ ޒަނެޓީ އަދި ޕައުލޯ މަލްޑިނީ ވެސް ފެނިގެންދާނެއެވެ.

ޗްމްޕިއަންސް ލީގު ގުރުއަތުގައި މުބާރާތަށް ހޮވުނު 32 ޓީމު ޖުމްލަ 8 ގްރޫޕަކަށް ބެހިގެންދާއިރު ކޮންމެ ގްރޫޕެއްގައިވެސް 4 ޓީމު އޮންނާނެއެވެ. ގުރުއަތު ލުމުގައި ޓީމު ތަކުން ކޮލިފައިވި މިނަށް ބަލާ 8 ޓީމުގެ 4 ޕޮޓަކަށް ޓީމުތައް ވަނީ ބެހިފައެވެ. އެ ގޮތުން ފުރަތަމަ ޕޮޓުގައި ހިމެނެނީ ހުރިހާ ގައުމެއްގެ ލީގު ޗެމްޕިއަނުންނެވެ. ކޮންމެ ޕޮޓަކުން އެއް ޓީމެއް ނެގުމަށްފަހު ގްރޫޕުތައް ބެހިގެން ދާނެއެވެ.

ޗެމްޕިއަންސް ލީގް ގުރުއަތު ލުމުގެ ޕޮޓުތައް

މިރޭގެ ހަފްލާގައި ޗެމްޕިއަންސް ލީގު ގުރުއަތުލުމުގެ އިތުރުން ޔޫއެފާއިން ހޮވާ މަގާމުތަކައް އެވޯޑު ހަވާލުކުރުންވެސް ކުރިއަށްދާނެއެވެ. ރިޕޯޓުތައް ބުނާ ގޮތުން ޔޫއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު މިފަހަރު ލިބޭނީ ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާއަށެވެ. މީގެ އިތުރުންވެސް އެންމެ މޮޅު ކޯޗު ގެ އެވޯޑު އަދި އަންހެން އެންމެ މޮޅު ކުޅުންތެރިޔާ އަދި ކޯޗުގެ އެވޯޑުވެސް މިރޭގެ ހަފްލާގައި ދެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.