ކުޅިވަރު
26 Aug 2022 | 02:00
ޔޫއެފާ އިން ހޮވާ މި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް ބެންޒެމާ އަށް

ޔޫއެފާ އިން ހޮވާ މި އަހަރުގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިއާގެ އެވޯޑް، ރިއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާ އަށް ދީފިއެވެ.

މި މަގާމަށް ބެންޒެމާ ހޮވުނުކަން އިއުލާން ކޮށްފައިވަނީ ޔޫއެފާއިންދޭ އަހަރުގެ އެވޯޑުތައް ދިނުމަށް އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕު ސްޓޭޖުގެ ގުރުއަތުލުން ނެގުމަށް ތުރުކިޔޭގެ ވެރިރަށް އިސްތަންބޫލުގައި ބޭއްވި ހަފްލާއެއްގައެވެ.

މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކުލަބް ލެވަލްގައި ޖުމްލަ 46 މެޗު ކުޅެ ބެންޒެމާ ވަނީ އެ ރެއާލަށް 44 ގޯލު ކާމިޔާބު ކޮށްދީފައެވެ.

ބެންޒެމާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ 523 ޕޮއިންޓުންނެވެ. ދެ ވަނަ އަށް ދިޔައީ 122 ޕޮއިންޓް ހޯދި މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާ އެވެ. އަދި ތިން ވަނަ އަށް ދިޔައީ 118 ޕޮއިންޓް ހޯދި ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އެވެ.

ޔޫއެފާއިން ހޮވި މި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ބާސެލޯނާގެ ތަރި އަލެކްސިއާ ޕުޓޭޔާސް އެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާގެ އަންހެން ޓީމުން ކުޅުނު އެންމެ މެޗެއް ފިޔަވައި ހުރިހާ މެޗެެއް ވަނީ ކާމިޔާބު ކޮށްފައެވެ.

މި އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ރެއާލް މެޑްރިޑަށް 14 ވަނަ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ކާލޯ އަންޗެލޮޓީ އެވެ. އަންޗެލޮޓީ ވާދަކުރީ މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ޔާގެން ކްލޮޕްއާ އެވެ. އަންޗެލޮޓީ އަށް 526 ޕޮއިންޓް ލިބުނުއިރު، ކްލޮޕް ދެ ވަނަ އަށް ދިޔައީ 210 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނަ ހޯދި ގާޑިއޯލާ އަށް ލިބުނީ 108 ޕޮއިންޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.