ކުޅިވަރު
28 Aug 2022 | 02:15
ޗެމްޕިއަންސް ލީގް: 8-2 ގެ ހަނދާންތައް ނުފިލަނީސް ބާސާ އަނެއްކާވެސް ބަޔާންއާއި އެއް ގުރޫޕަކަށް

ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާއިން އެންމެ ބޮޑު ނަތީޖާއަކުން އެ ޓީމެއްގެ ކައިރިން ބަލިވި ޖަރުމަނުގެ ބަޔާން މިއުނިކާއި އެއް ގުރޫޕެއްގައި ހިމެނިއްޖެއެވެ. 2020 ވަނަ އަހަރު އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަޔާން އަތުން ބާސާ ބަލިވީ 8-2 ގެ ނަތީޖާއަކުންނެވެ. އަދިވެސް އެ ނާކާމިޔާބީގެ ހަނދާންތައް ބާސާގެ ގިނަ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ބޮލުން ނުފިލައެވެ.

ބާސާ އަދި ބަޔާންގެ އިތުރުން ގުރޫޕު ސީގައި ހިމެނެނީ އިޓަލީގެ އިންޓާ މިލާންގެ އިތުރުން ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން އެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ފެނިގެންދާ އެންމެ ވަރުގަދަ ގުރޫޕެވެ.

ގްރޫޕް ސީ އަށްފަހު އެންމެ ވާދަވެރިކޮށް އޮތީ ގުރޫޕް އެޗް އަދި އޭ އެވެ.

ގުރޫޕް އޭގައި ހޮލެންޑުގެ ޗެމްޕިއަނުން އަޔަކްސްގެ އިތުރުން އިނގިރޭސި ވަރުގަދަ ކްލަބު ލިވަޕޫލް ހިމެނޭއިރު އިޓަލީގެ ނަޕޯލީ އަދި ސްކޮޓްލޭންޑުގެ ރޭންޖާސްވެސް ހިމެނެނީ އެ ގުރޫޕުގައެވެ. މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި އަޔަކްސް ވަނީ މި އަހަރުގެ ސީޒަންވެސް ވަރުގަދަކޮށް ފަށާފައެވެ. ނަމަވެސް ލިވަޕޫލުން މި ސީޒަނުގައި އަދި މެޗަކުން މޮޅުވެފައެއް ނުވެއެވެ.

ގުރޫޕު އެޗްގައިި ހިމެނެނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ އިތުރުން އިޓަލީގެ ޔުވެންޓަސްއެވެ. ޕީއެސްޖީއިން ވިދިވިދިގެން ފްރާންސް ލީގު ހޯދަމުން ދިޔަ ނަމަވެސް އެ ކްލަބުން އެންމެ ބޮޑު ހަރަދެއް ކުރަނީ އެ ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމަށެވެ. ޔުވެންޓަސްއިންވެސް ޗެމްޕިއަންސް ލީގު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް މުބާރާތުގެ އެންމެ ކާމިޔާބު ކުޅުންތެރިއާ ކްރިސްޓިއާނޯ ރޮނާލްޑޯ ގެންގޮސްގެންވެސް އެ ކުލަބަށް ވަނީ މި މުބާރާތް ކާމިޔާބު ކުރެވޭ ގޮތް ނުވެފައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ޕޯޗުގަލްގެ ބެންފިކާގެ އިތުރުން އިސްރާއިލުގެ މަކައްބި ހައިފާއެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުން ރެއާލް މެޑްރިޑު ހިމެނޭ ގްރޫޕް އެފް އަކީ މިފަހަރު މުބާރާތުގެ  އެންމެ ފަސޭހަ ގުރޫޕެވެ. އެ ގުރޫޕުގައި ދެން ހިމެނެނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގު، ޔޫކްރޭންގެ ޝަހުތަރު ޑޮނެސްކް އަދި ސްކޮޓްލޭންޑުގެ ސެލްޓިކް އެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރ މަހުގެ ހަވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.