ކުޅިވަރު
28 Aug 2022 | 02:27
ޕްރިމިއާ ލީގް: ލިވަޕޫލުން ބޯންމައުތު ކޮޅަށް ނުވަ ގޯލު

ޕްރިމިއާ ލީގުގައި ލިވަޕޫލުން ބޯންމައުތު ކޮޅަށް ނުވަ ގޯލު ޖަހައި އެ ޓީމު ބަލިކޮށްފިއެވެ.

ލިވަޕޫލުން މި ސީޒަނުގެ ލީގުގައި މި މެޗުގެ ކުރިން ކުޅުން ތިން މެޗުންވެސް މޮޅުވާ ގޮތް ވަނީ ނުވަފައެވެ. އެގޮތުން ކްރިސްޓަލް ޕެލެސް އަދި ފުލަމް އަތުން އެއްވަރުވެ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑު އަތުން އެ ޓީމު ވަނީ ބަލިވެފައެވެ. ނަމަވެސް މިރޭގެ މެޗުގައި ލިވަޕޫލުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލުގެ ކޯޗު ބުނެފައިވަނީ ލީގުގައި ފެނިގެންދިޔަ ދައް ފެށުމާއި އެކު އޭނާގެ ޓީމުން ދޭން ބޭނުންވި ވަރުގަދަ ޖަވާބު ދެވިގެން ގޮސްފައިވާ ކަމަށެވެ.

މިރޭގެ މެޗުގައި ލިވަޕޫލުން ލީޑު ނަގައިފައިވަނީ މެޗުގެ ތިންވަނަ މިނަޓުގައި ލުއިސް ޑިއާޒް ގެ ގޯލަކުންނެވެ. އޭގެ ތިން މިނަޓު ފަހުން ލިވަޕޫލުގެ ދެވަނަ ގޯލު ޖަހައިދިނީ ހާވޭ އެލިއަޓެވެ. ލިވަޕޫލުގެ ތިންވަނަ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 28 ވަނަ މިނަޓޫގައި އާނޯލްޑެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ ފަމީނޯ އަދި ވެން ޑައިކުގެ ގޯލު ތަކުން ޖުމްލަ 5 ގޯލުގެ ލީޑެއް ނަގާފައެވެ.

މެޗުގެ އެންމެ ތަފާތު ކުޅުމެއް ދެއްކި ފަމީނޯ ވަނީ މެޗުގައި ލިވަޕޫލުން ފުރަތަމަ ޖެހި ތިން ގޯލު ޖެހުމުގައިވެސް އެހީތެރިވެ ދީފައެވެ. ފާހަގަ ކޮށްލެވޭ ގޮތުގައި މިއީ ލިވަޕޫލުން އެ ޓީމުގެ ތާރީހުގައިވެސް މެޗެއްގެ ފުރަތަމަ ހާފުގައި 5 ގޯލު ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ލިވަޕޫލުން ދެވެނަ ހާފުވެސް ފެށީ ވަރުގަދަ ކޮށެވެ، އެގޮތުން ދެވަނަ ހާފުގެ ފުރަތަމަ މިނަޓުގައި ލިވަޕޫލުގެ އާނޯލްޑް ފޮނުވާލި ބޯޅަ ބޯންމައުތުގެ ގޯލަށް ވަނީ އެ ޓީމުގެ މެފަމް ގައިގައި ޖެހި ބައިކޮޅަށެވެ. އަނެއްކާވެސް މެޗުގައި ފެނިގެން ދިޔައީ ފަމީނޯގެ ގޯލެކެވެ. އެއަށްފަހު އެ ޓީމާއި އަލަށް ގުޅުނު ކަވާލޯގެ ގޯލެއް މެޗުގެ 80 ވަނަ މިނަޓުގައި ފެނިގެން ގޮސްފައި ވެއެވެ. މެޗުގައި ލިވަޕޫލުން ޖެހި ނުވަ ވަނަ ގޯލު އޭގެ ފަސްމިނަޓު ފަހުން ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ގޯލުވެސް ކާމިޔާބު ކޮށްދިން ލުއިސް ޑިއާޒް އެވެ.

މި މޮޅާއި އެކު ލިވަޕޫލު ވަނީ ތާވަލުގެ 8 ވަނަ އަށް ޖެހިލާފައެވެ. ދެން ލިވަޕޫލުން ލީގުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ނިކުންނާނީ ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.