ހޯމް މިނިސްޓަރު ގައިދީންނާއެކު ފަރިއްކުޅުވަނީ
ހަބަރު
28 Aug 2022 | 12:07
ރިހެބް ޕްރޮގްރާމު ފުރިހަމަކޮށް ގައިދީން މުޖުތަމައަށް ނެރުމަކީ މަސްތުވާތަކެތިން ސަލާމަތްކުރުމަށް އެޅުނު އުސް ފިޔަވަޅެއް: އިމްރާނު

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ގައިދީންނަށް ޚާއްސަކޮށްގެން ހިންގި ޕްރިޒަން ބޭސް ރިހިބިލިޓޭޝަން ޕްރޮގްރާމު ފުރިހަމަކޮށް އެ މީހުން މުޖުތަމައަށް ނުމަކީ މުޖުތަމައުގެ ސަލާމަތަށް އެޅުނު އުސްފިޔަވަޅެއްކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވެއްޖެއެވެ. 

ޕްރިޒަން ބޭސް ރިހިބިލިޓޭޝަން ޕްރޮގްރާމު މުހިމަކުރި 32 ގައިދީނަށް ޝަރުތުތަކާއެކު އާއިލާއެކު އުޅުމުގެ ފުރުސަތު ފަހިކޮށްދެވިފައިވާކަން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ވަނީ ހާމަކޮށްފައެވެ. 

އެ ޕްރޮގްރާމަކީ ރާއްޖޭގައި މިފަދައިން ހިންގުނު ފުރަތަމަ ޕްރޮގްރާމެވެ. 

ކާމިޔާބުކަމާއެކު އެފަދަ ޕްރޮގްރާމެއް ނިންމާލެވުނުކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުގައި ހިންގުނު އެ ޕްރޮގާމު ފުރިހަމަ ކުރި ފަރާތްތައް މުޖުތަމައަށް ނެރުމަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަށް އެޅުނު އުސް ފިޔަވަޅެއްކަމަށެވެ. 

"ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަލުގެ ތެރޭގައި ޑްރަގް ރިހިބިލިޓޭޝަން ޕްރޮގްރާމު ކުރި ގައިދީން ކޮމިއުނިޓީއަށް ރީ-އިންޓަރގްރޭޓް ކުރުމަކީ މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަށް އެޅުނު އުސް ފިޔަވަޅެއް" އިމްރާނު ވިދާޅުވިއެވެ. 

ކަރެކްޝަނަލް ސާވިސްއިން އާންމުކޮށްފައިވާ ގޮތުން، ޖަލުގައި ކުރިއަށް ގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދަށުން އާއިލާތަކާއި ހަވާލު ކުރެވިފައިވާ ގައިދީންތައްވަނީ އެއް އަަހަރު ދުވަހުގެ މުއްދަތަކަށް ޝަރުތުތަކެއް ކުރެވިފައެވެ.

އެމީހުން އާއިލާތަކާއި ހަވާލުކޮށްފައިވަނީ ކަރެކްޝަންއިން އެމީހުންގެ ކަންކަން މޮނިޓަރ ކުރާގޮތަށެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.
08 Sep 2026
އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް މިއަހަރުގެ ލީގް ފަށައިފި
މިފަހަރުގެ މުބާރާތަށް ފައިސާގެ އިނާމުގެ ގޮތުގައި 50000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ
08 Sep 2026
ފޯރިގަދަ މެޗުތަކަކަށްފަހު ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެ
އދ. މަހިބަދޫގައި މިހާރު ކުރިއަށްދާ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފޯރިގަދަ ކުޅުމަކަށްފަހު ސެމީ ފައިނަލްގެ މެޗުތަކަށް ޓީމުތައް ހޮވިއްޖެއެވެ.
08 Sep 2026
ހޫޘީންގެ ހަމަލާއަކީ ސައުދީގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުން: ދިވެހި ސަރުކާރު
ހާރިޖިއްޔާގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ފިނޑި ހަމަލާތަކަކީ ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، މުޅި ސަރަހައްދުގެ ސުލްހަވެރިކަމާއި، ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ދެކޭކަމަށް ވަނީ ބުނެފައެވެ.
08 Sep 2026
ސީދާ ތިން ސެޓުން ވައިކިންގްސް ބަލިކޮށް ވޮރިއާޒް ފައިނަލަށް
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ ސެމީ ފައިނަލް މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށް، މަހިބަދޫ ކައުންސިލް (ވޮރިއާޒް) ޓީމު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
08 Sep 2026
މިދިޔަ ހަފްތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 12 ކޭސް
މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 16،320 ފަރާތަކުން ވަނީ ހިމަބިހީގެ ވެކްސިން ފުރިހަމަކޮށްފައެވެ
08 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވަނީ
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅަކީ، ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ކުރައްވާ ދަތުރުފުޅެކެވެ
08 Sep 2026
ފިޒިއޮތެރަޕީގެ ދާއިރާ ކުރިއެރުވުމަށް އެމްއެންޔޫ އާއި އެމްޕީއޭ ދެމެދު އެމްއޯޔޫއެއް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި މޯލްޑިވްސް ފިޒިއޮތެރަޕީ އެސޯސިއޭޝަން (އެމްޕީއޭ) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުނިޔޭގެ ފިޒިއޮތެރަޕީ ދުވަހާ ގުޅުވައިގެން، މިއަދުއެވެ.