ކުޅިވަރު
29 Aug 2022 | 02:02
އަޔަކްސް ދޫކޮށް އެންޓޮނީ ޔުނައިޓެޑަށް!

ހޮލެންޑުގެ އަޔަކްސްއިން އެ ޓީމުގެ ތަރި އެންޓޮނީ އިނގިރޭސި ވިލާތުގެ ވަރުގަދަ ބާރު މެންޗެސްޓާ ޔުނައިޓެޑާއި ވިއްކާލުމަށް  އެއްބަސްވެއްޖެއެވެ.

ބްރެޒިލްއަށް ނިސްބަތްވާ އެންޓޮނީ ޔުނައިޓެޑަށް ވިއްކާލުމަށް އަޔަކްސްއިން އެއްބަސްވެފައިވަނީ ބޯނަސްއާއި އެކު 100 މިލިއަން ޔޫރޯގެ އަގަކަށެވެ. މިއީ ހޮލެންޑު ލީގުގެ ޓީމަކުން މިހާތަނަށް ކުޅުންތެރިއަކު ވިއްކި އެންމެ ބޮޑު އަގުކަން ފާހަގަ ކޮށްލެވެއެވެ. އަދި ޔުނައިޓެޑާއި އެކު 2027 ވަނަ އަހަރާއި ހަމައަށް ކޮންޓްރެކްޓުގައި މާދާމާ އެންޓޮނީ ސޮއެކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި އެންޓޮނީ ވަނީ އަޔަކްސްއަށް ކުޅުނު 23 މެޗުން އަށް ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. އަދި މިހާރު ޔުނައިޓެޑުގެ ކޯޗު އަދި ކުރިން އެންޓޮނީއަށް އަޔަކްސްއަށް އިރުޝާދުދިން ކޯޗު، ޓެން ހާގް ގެ ކުޅުމުގެ ވައްޓަފާޅިއަށް އެންޓޮނީ އަކީ ވަރަށް މުހިންމު ކުޅުންތެރިއެކެވެ.

އެންޓޮނީ ވެގެން ގޮސްފައިވަނީ ޓެން ހާގް އަޔަކްސް ދޫކޮށް ޔުނައިޓެޑާއި ގުޅުނު ފަހުން، ޔުނައިޓެޑުން ގެނައި އަޔަކްސްގެ ދެވަނަ ކުޅުންތެރިޔާއަށެެވެ. އެގޮތުން އާޖެންޓީނާގެ ޑިފެންޑަރު ލިސާންޑްރޯ މާޓިނޭޒް ވެސް ވަނީ ޔުނައިޓެޑާއި ގުޅިފައެވެ. މީގެ އިތުރުން ޔުނައިޓެޑުން އަޔަކްސްގެ ޑިފެންޑަރު ޖުރިއެން ޓިމްބާ ގެނައުމަށްވެސް ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް ޓިމްބާ ވަނީ އަޔަކްސްގައި މަޑުކުރުމަށް ނިންމާފައެވެ.

މި އަހަރުގެ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވުމާއި އެކު ޔުނައިޓެޑުން ވަނީ ޓްރާންސްފާ މާރކެޓުގައި ގިނަ މަސައްކަތް ތަކެއް ކޮށް ރެއާލްގެ ކަސެމީރޯވެސް ގެނެސްފައެވެ. އަދި ޔުނައިޓެޑުން ވަނީ އެ ޓީމުން ކުޅުނު ފަހު ދެ މެޗު ކާމިޔާބުކޮށް މި ސީޒަނުގެ އޮއެވަރު އަނބުރާލުމަށް އަމާޒު ހިފާފައެވެ.

ބެލެވޭ ގޮތުގައި ދެން ލީގުގައި ޔުނައިޓެޑުން ލެސްޓާއާއި ދެކޮޅަށް ކުޅޭ މެޗު ނުވަތަ އެއަށްފަހު އާސެނަލްއާއި ދެކޮޅަށް ކުޅޭ މެޗުގައި އެންތޮނީ ފެނުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.